Close

ގާޒީ މުހައްމަދު އިބްރާހީމްގެ މައްޗަށް ހުށައެޅުނު ސުލޫކީ މައްސަލަ ސާބިތެއް ނުވި

ގއ. ކޮނޑޭ މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓް މުހައްމަދު އިބްރާހީމްގެ މައްޗަށް ހުށައެޅުނު ސުލޫކީ މައްސަލަ ސާބިތު ނުވާކަމަށް ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފިއެވެ.

ޖޭ.އެސް.ސީ އަށް ހުށައެޅުނު ސުލޫކީ މައްސަލަ ސާބިތު ނުވާކަމަށް އެ ކޮމިޝަނުން ނިންމީ މިމަހު 6 ވަނަ ދުވަހުއެވެ.  .

އެރަށު އިސްމެޖިސްޓްރޭޓް މުހައްމަދު އިބްރާހީމްގެ މައްޗަށް ގިނަ ސުލޫކީ މައްސަލަތަކެއް ހުށެހެޅުނެވެ.

އެގޮތުން، އޭނާ އާ ހަވާލުކޮށްފައިވާ ކޯޓުތަކަށް ދަތުރު ކުރަނީ ކަނޑައެޅިފައިވާ އުސޫލުތަކާ ހިލާފްވި މައްސަލައަކާއި ކޯޓަށް ހުށަހެޅޭ މައްސަލަތައް ނިންމުމުގައި އިސްމެޖިސްޓްރޭޓް އަދާކުރަންޖެހޭ ޒިންމާތަކަށް އިހުމާލުވެފައިވާ މައްސަލަތަކެއް ވެސް ހުށައެޅުނެވެ.

އޭގެއިތުރުން ކޯޓުގެ މުވައްޒިފުންނާއި ކޯޓަށް ހުށަހެޅޭ މައްސަލަތަކުގެ ވާހަކަ އިސްމެޖިސްޓްރޭޓް މުހައްމަދު އިބްރާހިމް ކޯޓުން ބޭރުގައި ދައްކާ މައްސަލަ ވެސް ހިމެނެއެވެ.

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top