Close

ތިނަދޫގައި ބިދޭސީން ލައްވައި މަސައްކަތްތައް ކުރުވުން ވަގުތީގޮތުން ހުއްޓާލަން އަންގައިފި

ގދ. ތިނަދޫގައި އަމިއްލަ ފަރާތްތަކުން ބިދޭސީން ލައްވައި މަސައްކަތް ކުރުވުން ވަގުތީގޮތުން ހުއްޓާލުމަށް އެރަށު ކައުންސިލުން އަންގައިފި އެވެ.

ތިނަދޫ ކައުންސިލުން ނެރުނު އިއުލާނެއްގައި ބުނެފައިވަނީ، އެރަށުން ކޮވިޑަށް ބަޔަކު ޕޮޒިޓިވްވެ ބަލިޖެހޭ މީހުންގެ އަދަދު ދުވަހެއް ދުވަހަކަށް އިތުރުވަމުންދާ މިދަނޑިވަޅުގައއަމިއްލަ ފަރާތްތަކުން ބިދޭސީން ލައްވާ ގޭގޭގައި ކުރަމުންގެންދާ ކޮންސްޓުރަކްޝަން މަސައްކަތްތައް 9 ޖޫން އިން ފެށިގެން 20 ޖޫންގެ ނިޔަލަށް ވަގުތީގޮތުން ހުއްޓާލުމަށް އިލްތިމާސްކުރާ ކަމަށެވެ.

އަދި މި މަސައްކަތްތައް ވަގުތީ ގޮތުން ހުއްޓާލުމުގެ ބޭނުމަކީ ކޮވިޑްގެ ކޭސްތައް ގިނަވެފައިވާ މިހާލަތުގައި ކޮންޓެކްޓް ޓްރޭސިން އަށް ދިމާވާ ދަތިތަކަށް ހައްލެއް ހޯދައިދިނުން ކަމަށް ކައުންސިލްގެ އިއުލާނުގައި ބުނެފައިވެ އެވެ.

ތިނަދޫއަށް ދިމާވެފައިވާ ކޮވިޑްގެ ދަތި ހާލަތުގައިވެސް ރައްޔިތުންގެ ފަރާތުން ލިބެމުންދާ އެއްބާރުލުން ފާހަގަކޮށް ކައުންސިލުން ވަނީ ޝުކުރު އަދާކޮށްފައެވެ. އަދި އެއާއި އެކު ޟަރޫރީ ބޭނުމެއްގަ ބޭރަށް ދާނަމަ މާސްކު ބޭނުން ކުރުމަށާއި ގިނަ ވަގުތު ގޭގައި ތިއްބެވުމަށް ވަނީ އިލްތިމާސްކޮށްފަ އެވެ.

މީގެ އިތުރުން ރޯގާގެ އެއްވެސް އަލާމާތެއް ފެނިއްޖެނަމަ ލަސްނުކުރަށްވާ ޑރ. އަބްދުލް ސަމަދު މެމޯރިއަލް ހޮސްޕިޓަލަގެ ކޮވިޑް-19 ހޮޓްލައިން 7934641 ގުޅުއްވާ މައުލޫމާތު ހިއްސާކުރެއްވުމަށް ވަނީ އިލްތިމާސްކޮއްފަ އެވެ.

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top