ހުޅުމާލެ އިންވެސްޓިގޭޝަން ޑިޕާޓްމަންޓުން ތަހުގީގު ކުރަމުންދާ މަސްތުވާތަކެތީގެ މައްސަލައެއްގެ ތަހުގީގަށް ހާޒިރުކުރުމަށް ބޭނުންވާތީ ލ. ގަން މަތިމަރަދޫ / ދުންފިނިގެ ޢަލީ ރަޝީދު (34އ) ފުލުހަށް ހާޒިރުވުމަށް އަންގާ އިއުލާނުކޮއްފި އެވެ.
ފުލުހުން ބުނެފައިވާ ގޮތުގައި ޢަލީ ރަޝީދު އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައިނުވާ ކަމަށާއި އެހެންކަމުން ޖިނާއީ މައްސަލަތައް ތަހުގީގު ކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ މާއްދާގައި ވާގޮތުގެ މަތިން ތަހުގީގަށް ހާޒިރުވުމަށް ވަނީ އަނގާ އިއުލާނުކުރާކަމަށެވެ.
ފުލުހުން ބަލަމުންދާ މައްސަލައެއްގެ ތަހުގީގަށް ހާޒިރުވުމަށް އަންގައި އިއުލާނުކުރުން
ހާޒިރުވާންވީ ފަރާތުގެ ފުރިހަމަ ނަމާއި އެޑްރެސް އަދި އުމުރު: ލ. ގަން، މަތިމަރަދޫ / ދުންފިނި، ޢަލީ ރަޝީދު (34އ) https://t.co/9NozTN0Li2 pic.twitter.com/sKG9kop6cg
— Maldives Police (@PoliceMv) June 10, 2021
ފުލުހުން މި އިއުލާނުގައި ވަނީީ ޢަލީ ރަޝީދަ، މި ޖޫން މަހުގެ 17 ވާ ބުރާސްފަތި ދުވަހު މެންދުރުފަހު 14:00 އަށް ހުޅުމާލެ ޕޮލިސް ސްޓޭޝަން ހާޒިރުވުމަށް އަންގާފައެވެ.






