Close

ފަލަސްތީން ފަންޑަށް ވިލިނގިލީ ރައްޔިތުންގެ ފަރާތުން އެހީއެއް

ފަލަސްތީނުގެ ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ގއ.ވިލިނގިލީ ރައްޔިތުން ހިންގި ފަންޑުރައިޒިން އިވެންޓުގައި 29,000 ރުފިޔާ ހޯދައފިއެވެ.

ވިލިނގިލީ ކައުންސިލުން ބުނެފައިވާ ގޮތުގައި މި އިވެންޓަކީ ވިލިނގިލީ ޖަމިއްޔާއެއް ކަމުގައިވާ "ސާފު ވިލިނގިލި" އިން އިސްނަގައިގެން ވިލިނގިލި ކައުންސިލާއި ގުޅިގެން "ފަލަސްތީނާއިއެކު ވިލިގިއްލާ" ނަމުގައި އެރަށުގައި ކުރިޔައްދިޔަ އިވެންޓެކެވެ.

މިހާރު މި ފައިސާ ވަނީއިންޓަނޭޝަނަލް އެއިޑް ކެމްޕެއިން (އައި.އޭ.ސީ)ގެ އެކައުންޓަށް ޖަމާކޮށްފައެވެ. "ލޯތްބާއިއެކު 2021" ކެމްޕޭނަށް ދިވެހިރާއްޖޭގެ އެކި ކަންކޮޅުތަކުން ދެއްވާ ތަރުހީބަށް އައިއޭސީން ވަނީ ޝުކުރު ދަންނަވާފައެވެ.

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top