Close

ފިޔޯރީ މިސްކިތަތަކުގެ ބިލްތައް ދެއްކުމަށް ފެނަކައިން އެރަށު ކައުންސިލަށް އަންގައިފި

ގދ. ފިޔޯރީ މިސްކިތްތަކުގެ ކަރަންޓު ބިލްތައް ދެއްކުމަށް އެއް ހަފްތާގެ މުއްދަތެއް ފެނަކަ ކޯޕަރޭޝަން ލިމިޓެޑުން އެރަށު ކައުންސިލަށް ދީފިއެވެ.

ފިޔޯރީ މިސްކިތްތަކުގެ ކަރަންޓު ބިލްތައް ނުދެއްކި ހުރުމުން މިއަދު 13:00 ޖެހިއިރު ފިޔޯރީ ކައުންސިލް އިދާރާއިން ވަނީ ކަރަންޓު ކަނޑާލާފައެވެ. އެހެންނަމަވެސް މިހާރު އެ އިދާރާއަށް ވަނީ އަލުން ކަރަންޓު ދީފައެވެ.

މައުލޫމާތު ލިިފައިވާގޮތުގައި އެ ރަށު ކައުންސިލް އިދާރާއިން ކަރަންޓު ކަނޑާލާފައިވަނީ 2019 އަހަރުން ފެށިގެން މިސްކިތްތަކުގެ ބިލްތަކަށް ފައިސާ ނުދާ ހުރުމުންނެވެ. އެގޮތުން މިސްކިތްތަކުގެ ކަރަންޓް ބިލްތަކަށް އެކައުންސިލުން ދައްކަންޖެހޭ 6 ލައްކަ އެއްހާ ރުފިޔާ ދައްކާން ޖެހިފައިވާކަމަށް  މައުލޫމާތު ލިބިފައިވެ އެވެ.

އެގޮތުން މިސްކިތްތަކުން ކަރަންޓު ކެނޑުމުގެ ބަދަލުގައި ކައުންސިލް އިދާރާއިން ކަރަންޓުކަނޑަން ފެނަކައިން ނިންމި ކަމަށާއި، އެންމެ ފުރަތަމަ މިއަދު މެންދުރު 13:00 އާ ހަމައަށް މުހުލަތެއް ދިން ނަމަވެސް ދެވިފައިވާ ބަޖެޓް ކޯޑުތަކަށް ބަދަލުގެނެސްގެން ވެސް މި ބިލްތައް ދެއްކޭނެ ވަރަށް ފައިސާ ހަމަވެފައި ނުވާ ކަމަށް މައުލޫމާތު ލިބިފައިވެ އެވެ. އެގަޑީގައި ކަރަންޓު ކަނޑާލެވުނަސް މިހާރު ފެނަކައާއެކު މަޝްވަރާކުރުމަށްފަހު 1 ހަފްތާތެރޭގައި ފައިސާ ދައްކާގޮތަށް އަލުން ކަރަންޓުގެ ޚިދުމަތް ދީފައިވާކަމަށެ މައުލޫމާތު ލިބިފައިވެއެވެ.

ގދ. ތިނަދޫ މިސްކިތްތަކުގެ ބިިލްތައް ނުދައްކައިގެން ތިނަދޫ ކައުންސިލް އިދާރާއިންވެސް މިއަހަރު އޭޕްރީލް މަހު 28 ވަނަ ދުވަހު ކަރަންޓު ކަނޑާލެވުނެވެ. އަދި ބިލް ތަކުގެ ބޮޑު ބައި ދެއްކުމުން އެ ކައުންސިލްގެ އިދާރާއަށް އެދުވަހު ވަނީ ކަރަންޓު ދީފައެވެ. ފެނަކައިން އެ ރަށު ކައުންސިލްގެ އިދާރާއިން ކަރަންޓު ކަނޑައިލީ 1.9 މިލިއަން ރުފިޔާ ނުދައްކައި ހުރުމުގެ ސަބަބުންނެވެ.

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top