Close

ޖޫރިމަނާގެ ގޮތުގައި 109 މިލިއަން ރުފިޔާ މިއަހަރު ލިބިއްޖެ

ފޮޓޯ: ޖަލްވާން ޖާދުﷲ

ޖޫރިމަނާގެ ގޮތުގައި ސަރުކާރަށް މިއަހަރު ޖޫންމަހުގެ 3 ވަނަ ދުވަހުގެ ނިޔަލަށް 109.1 މިލިއަން ރުފިޔާ ލިބިއްޖެއެވެ.

ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ ދައުލަތުގެ މާލީ ހިސާބުތަކުން ދައްކާ ގޮތުގައި މިއީ ދުވާލަކަށް ބަލާނަމަ ގާތް ގަނޑަކަށް އެވަރެޖްކޮށް 7 ލައްކައަށްވުރެ ގިނަ ރުފިޔާއެވެ. އަދި މިދިޔަ އަހަރުގެ މި މުއްދަތުގައި ސަރުކާރަށް ލިބިފައިވަނީ 64.4 މިލިއަން ރުފިޔާ ކަމަށްވެސް ދައުލަތުގެ މާލީ ހިސާބުތަކުން ދައްކައެވެ.

އެގޮތުން ފާއިތުވި އަހަރު ޖޫރިމަނާގެ ގޮތުގައި ސަރުކާރަށް ލިބުނު އާމްދަނީ އޭގެ ކުރީ އަހަރާއި އަޅާ ބަލާއިރު މަދުކަން ފާހަގަކޮށްލެވެއެވެ. ފިނޭންސް މިނިސްޓްރީން ނެރެފައިވާ ދައުލަތުގެ މާލީ ހިސާބުތަކުން ދައްކާގޮތުގައި 1 ޖެނުއަރީ 2020 އިން 31 ޑިސެމްބަރު 2020 ނިޔަލަށް އެކިއެކި ޖޫރިމަނާގެ ގޮތުގައި ސަރުކާރަށް ވަނީ 146.2 މިލިއަން ރުފިޔާ ލިބިފައެވެ. އެހެން ނަމަވެސް 2019 ވަނަ އަހަރު 235.3 މިލިއަން ރުފިޔާ ލިބިފައިވެއެވެ.

2020 ވަނަ އަހަރު ޖޫރިމަނާގެ ގޮތުގައި ލިބުނު މިންވަރު މަދުވި އެންމެ ބޮޑު އެއް ސަބަބަކީ ކޮވިޑު-19 އާއި ގުޅިގެން ގިނަ ދުވަސްތަކަކަށް މާލެ ސިޓީ ފުރަބަންދުކޮށްފައި އޮތުމުންކަމަށް ބެލެވެއެވެ.

އެޗްޕީއޭ އިން އަޅަމުން ދިޔަ ފިޔަވަޅުތަކާއި ހިލާފުވާ ފަރާތްތައް ޖޫރިމަނާ ކުރަން ފެށުމާއި އެކު ޖޫރިމަނާގެ ގޮތުގައި ލިބޭ ފައިސާ އިތުރުވާން ވަނީ ފަށާފައެވެ. އަދި އެޗްޕީއޭގެ އެންގުންތަކާއި ހިލާފުވާ ފަރާތްތަށް ގިނަވުމާއި ގުޅިގެން ޖޫރިމަނާކުރާ އަދަދުވެސް އަހަރުގެ ފަހުކޮޮޅު ސަރުކާރުން ވަނީ ބޮޑުކޮށްފައެވެ.

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top