ފުވައްމުލަކުގައި ފިހާރަތަކާއި ގާޑިޔާތައް ހަފްތާއަކަށް ބަންދުކުރަން ފުވައްމުލަކު ސިޓީ ކައުންސިލުން އަންގައިފިއެވެ.
ފުވައްމުލަކު ކައުންސިލުން އިއްޔެ ނެރުނު އިއުލާނެއްގައި ބުނެފައިވަނީ 11 ޖޫން 2021 ވާ ހުކުރު ދުވަހުން ފެށިގެން 18 ޖޫން 2021 ވާ ހުކުރު ދުވަހުގެ ނިޔަލަށް ފިހާރަތަކާއި ގާޑިޔާ ފަދަ ތަންތަން ބަންދުކުރުމަށް އަންގާ ކަމަށެވެ.
ކައުންސިލުން މިފަދަ ފިޔަވަޅު ތަކެއްް އަޅާފައިވާ ވީނަމަވެސް މި މުއްދަތުގެ ތެރޭގައި ގޭގެއަށް ތަކެތި ޑެލިވަރީ ކުރުމުގެ ހުއްދަ ފިހާރަތަކާއި ގާޑިޔާތަކަށް ވަނީ ދީފަ އެވެ.ޑެލިވަރީ ކުރުމުގެ ހުއްދަ ލިބިފައިވާ ފަރާތްތަކުން ހަވީރު 4 ޖެހުމާއި ހަމައަށް ޑެލިވަރީ ގެ ހިދުމަތް ކުރިއަށް ގެންދެވޭނެކަމަށް ކައުންސިލުގެ އިއުލާނުގައި ބުނެފައި ވެއެވެ.
އަދި އެގޮތުން ޑެލިވަރީގެ ހިދުމަތް ދޭން ބޭނުންވާ ފިހާރަތަކާއި ގާޑިޔާތަކުން ދެލިވަތީކުރުމުގެ ހުއްދަ ހޯދުމަށް ފުވައްމުލަކު ސިޓީ ކައުންސިލްގެ ހޮޓްލައިން 7487900 ނަންބަރު ފޯނާއި ގުޅުމަށްފަހު ނުވަތަ މެސެޖެއް ކުރުމަށްހަު ހުއްދަ ހޯއްދެވުމަށް ކައުންސިލުން އިލްތިމާސްކޮއްފައި ވެއެވެ.
ފުވައްމުލަކު ސިޓީގައި ހަލުވި ކަމާއެކު ކޮވިޑް 19 ފެތުރެމުންދާތީ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް އަޅަމުންދާ ފިޔަވަޅުތަކާ ހިލާފުވާ ފަރާތްތަކާމެދު ޤާނޫނީ އުސޫލުގެ މަތިން ފިޔަވަޅު އެޅޭނެކަމަށް ކައުންސިލުން ދަނީ ތަކުރާރުކޮށް ހަނދާން ކޮށްދެމުންނެވެ.






