Close

ކޮނޑޭ ކައުންސިލްގެ "ފުރަތަމަ 100 ދުވަހުގެ ޕްލޭން" ރައްޔިތުންނާއި ހިއްސާކޮށްފި

ހުވަދު އަތޮޅު އިތުރުބުރީ ކޮނޑޭ ކައުންސިލްގެ 4 ވަނަ ދައުރުގެ ރަސްމީ ފުރަތަމަ 100 ދުވަހުގެ ޕްލޭން" ރައްޔިތުންްނާ ހިއްސާ ކޮށްފިއެވެ.

މި ޕްލޭން ކޮނޑޭ ކައުންސިލް ހަތަރުވަނަ ދައުރުގެ ފުރަތަމަ 100 ދުވަސް ތެރޭގައި ކައުންސިލުން ނިންމާނެ ކަންކަމުގެ މައްޗަށް އެކުލަވާލެވޭ ޕްލޭނެއް ކަމަށާއި ކައުންސިލްގެ މަސައްކަތް ގާތުން ރައްޔިތުންނާ ހަމައަށް ފެންނާނެ ފަދަ ގޮތަކަށް މަސައްކަތް ކުރިއަށް ގެންދިއުމާއި އިޖްތިމާއި ގޮތުންނާއި އުމްރާނީ ގޮތުން ކައުންސިލުން ކުރެވޭ ކަންކަން ޕްލޭންއެއްގެ ދަށުން ހިންގުމަކީ މައިގަނޑު މަޤްޞަދު ކަމުގައި ކޮނޑޭ ކައުންސިލުން އާންމު ކޮށްފައިވެއެވެ.

ކޮނޑޭ ކައުންސިލުން އެކުލަވާލި ޕްލޭން އަށް ކައުންސިލްގެ ހަތަރުވަނަ ދައުރުގެ ހަތަރުވަނަ ޖަލްސާގައި ފާސްކުރުމަށް ފަހު އަމަލު ކުރަން ފެށުމަށް ހަމަޖެހިފައި ވާއިރު ނިމި ދިޔަ ކައުންސިލުން ފަށާފައިވާ މަސައްކަތްތައް ކުރުމަށް ވެސް ވަނީ ނިންމާފައެވެ.

ނިމިދިޔަ ކައުންސިލުން ފަށާ ނުނިމިފައިވާ ކަންކަމުގެ ތެރޭގައި މަގުބައްތި ހަރުކުރުން ލައިމް ބީޗް ހެދުމް އައުޓްޑޯ ޖިމް އަދި ކުޑަކުދިންގެ ޕާކުގެ ލައިޓް ހަރުކުރުން ފަދަ ކަންތައްތައް ހިމެނެއެވެ.

ހިނގަމުން މިދާ ދައުރުގައި ޕްލޭން ކުރެވިފައިވާ ކަންތައްތަކައް ބަލާއިރު ރަށުގެ މަގުތައް އެއްވަރުކުރުމާއި ސާފުކޮށް ބެލެހެއްޓުން ބެލެނިވެރިންގެ ހިޔާ ޑިޒައިން ކުރުން ފުޓްސަލް ދަނޑަށް ސްޕޮންސަރ ހޯދުން ރަށުގެ ބޮޑު ވެއު ސާފުކުރުމާއި ރަށުގެ ނަން ބަނދަރުގައި ހަރުކުރުމުގެ އިތުރުން ދީނީ ހޭލުންތެރިކަން އިތުރު ކުރުމަށް ކަންކަން ކުރުން ހިމެނެއެވެ.

ކޮނޑޭ ގެ މި ފަދަ އިޖްތިމާއި މަސައްކަތްތައް ކުރުމުގައި ރަށުގެ ސަރުކާރުގެ އިދާރާތަކުގެ އެއްބާރުލުމުގެ އިތުރުން އާންމު ރައްޔިތުންގެ ހީވާގި ކަމަކީ ކޮނޑޭގެ ކައުންސިލުން އުފަލާއެކީ ފާހަގަ ކުރާ ކަންކަމެވެ.

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top