Close

ކޮވިޑް ކޮންޓްރޯލް ކުރުމަށް ތިނަދޫ ލޮކްޑައުނަކަށް ދާން ޖެހޭ: ގދ. އަތޮޅު ކައުންސިލް ރައީސް

ކޮވިޑް-19ގެ ހާލަތު ގޯސްވެފައިއޮތް ގދ. ތިނަދޫ އިން ކޮވިޑް ކޮންޓްރޯލް ކުރުމަށް ލޮކްޑައުނަކަށް ދާން ޖެހޭކަމަށް ގދ. އަތޮޅު ކައުންސިލް ރައީސް ހަސަން ފައިހަތް ގުދުރަތުﷲ ވިދާޅުވެއްޖެ އެވެ.

ޑރ. އަހްމަދު އާޒިމް ކުރައްވާފައިވާ ފޭސްބުކް ޕޯސްޓެއްގެ ފޮޓޮއެއް ހިއްސާކުރައްވަމުން ފައިހަތު ގުދުރަތުﷲ ވިދާޅުވީ ޑަކްޓަރު އާޒިމް ވިދާޅުވި ފަދައިން މިހާލަތުން އަރައިގަތުމަށް ތިނަދޫ ފުލް ލޮކްޑައުންކޮށް މޮނިޓަރިންގ ވަރުގަދަކުރުން އެއީ އެންމެ ރަނގަޅުގޮތް ކަމަށް އޭނާ ދެކެވަޑައިގަންނަވާ ކަމަށެވެ.

މީގެ އިތުރުން ފައިހަތު ގުދުރަތުﷲ ވަނީ ގދ. އަތޮޅަށް އާ ޕީސީއާރް މެޝިނެއް ގެނެސް، ޓެސްޓިންގ ކެޕޭސިޓީ އިތުރު ކުރަން ޖެހޭ ހާލަތަށް ގޮސްފައިވާ ކަން ފާހަގަކުރައްވާފައެވެ. ފައިހަތު ގުދުރަތުﷲ ވިދާޅުވީ، ޓެސްޓުގެ ނަތީޖާ ލިބުން ލަސްވުން އެއީ ބަލި ފެތުރެން ދިމާވާ އެއް ސަބަބު ކަމަށް ދެކޭ ކަމަށެވެ.

އިއްޔެ ޑރ. އަބްދުއް ސަމަދު މެމޯރިއަލް ހޮސްޕިޓަލުން އާއްމު ކުރި މައުލޫމާތަށް ބަލާއިރު، 135 ސާމްޕަލްގެ ނަތީޖާ ނުލިބެއެވެ. އަދި އެރަށުން މިހާރު 302 މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައިވާއިރު، ގައްދޫން ޖުމްލަ 68 މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައި ވެއެވެ.

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top