Close

މާމެންދޫ އާއި ކޫއްޑޫ މޮނީޓަރިންގ އަށް

ގއ މާމެންދޫ އާއި އެ އަތޮޅު ކޫއްޑޫ މޮނީޓަރިންގ ހާލަތަށް ގެނެސްފި އެވެ.

ހެލްތް ޕްރޮޓެކްޝަން އޭޖެންސީ ( އެޗްޕީއޭ ) އިން މާމެންދޫ އާއި ކޫއްޑޫ މޮނީޓަރިންގ ހާލަތަށް ގެނެސްފައިވާކަން އަންގާ ފޮނުވި ލިޔުމެއްގައި ބުނެފައިވާ ގޮތުގައި ކޮވިޑް-19 އާއި ގުޅިގެން އިތުރަށް ބަލަން ޖެހޭ ކަންކަން ބެލުމަށްޓަކައި އެދެރަށް މޮނިޓަރިންގެ ހާލަތައް ގެނެސްފައިވާ ކަމަށެވެ.

އެހެންކަމުން މިވަގުތު ކޫއްޑޫއަށާއި މާމެންދޫއަށް އެއްވެސް މީހަކު ފޭބުމާއި އެޗްޕީއޭގެ ހުއްދަ ނެތި އެރަށަށް އެއްވެސް މީހަކު އެރުމަކީ މަނާކަމެއްކަމަށް އެޗްޕީއޭގެ ލިޔުމުގައި ފާހަގަކޮށްފައިވެއެވެ.

އެދެރަށް މޮނީޓަރިންގ ހާލަތަށް ގެނައިކަން ހެލްތް ޕްރޮޓެކްޝަން އޭޖެންސީ ( އެޗްޕީއޭ ) އިން ވަނީ މިހާރު ކަމާބެހޭ އިދާރާތަކަށް ރަސްމީކޮށް އަންގާފައި އެވެ. އެގޮތުން މާމެންދޫ އާއި ކޫއްޑޫ މޮނީޓަރިންގ ހާލަތަށް ގެނެސްފައިވަނީ މިއަދުގެ މެންދުރުގެ ވަގުތެއްގައި އެވެ.

 

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top