މިސްކިތްތަކުގައި މަސްތުވެ، އެއްޗެހި ދޮވެ އަދި ނިދުން ފަދަ މިސްކިތް ބޭނުން ކުރުން އެކަށޭނަ ނޫން އެހެން ކަންކަމުގައި މިސްކިތް ބޭނުން ކުރާ ކަމުގެ ޝަކުވާ ތަކުރާރުކޮށް ލިބެމުންދާ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.
ފުލުހުން މިހެން ވިދާޅުވެފައި ވަނީ، އެފަދަ މަންޒަރު ފެންނަ ފޮޓޯތަކެއް މީސް މީޑިއާގައި އާއްމުވާން ފެށުމުން ނޫސްވެރިޔަކު ކުރެއްވި ސުވާލަކަށް ޖަވާބުދެމުން ނެވެ.
"ފުލުހުން ކޮންމެ ރެއަކު ނުކުމެ މިސްކިތްތައް ބަލައި މިސްކިތް އެގޮތަށް ބޭނުން ކުރާ ފަރާތްތައް ފޮނުވާލުމުގެ އިތުރުން، ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ ހާލަތްތަކުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް މައްސަލަ ތަހުގީގު ކުރަމުންދޭ". އޮފިޝަލް ވިދާޅުވިއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް އިތުރަށް ވިދާޅުވީ، މި ކަންކަމުގެ މައުލޫމާތު ކަމާއި ގުޅުން ހުރި އެހެނިހެން އިދާރާތަކާއި ހިއްސާކޮށްގެން ހައްލު ހޯދުމަށް އެެޅެން ހުރި ފިޔަވަޅުތައް އަޅަމުންދާކަމަށެވެ.






