ގދ.އަތޮޅު އިމަޖެންސީ އޮޕަރޭޝަން ސެންޓާރ ގެ ކުއްލި ބައްދަލުވުމެއް މިރޭ ބާއްވައިފި އެވެ.
ގދ. އަތޮޅު ކައުންސިލުން ވިދާޅުވީ މިރޭ އޮންލައިންކޮށް ކުރިއަށް ދިޔަ ކުުއްލި ބައްދަލުވުމަކީ ގދ.ގައްދޫ ގެ ހާލަތު އިތުރަށް ގޯސްވަމުން ދާތީ އެރަށް ފުލް ލޮކްޑައުންއަކަށް ގެނައުމަށް ބޭއްވުނު ބައްދަލުވުމެއް ކަމަށެވެ.
އެގޮތުން މިބައްދަލުވުމުގައި އޭ.އީ.އޯ.ސީ އިން ވަނީ ގައްދޫ ހާލަތައްބަލާ ފުރަބަންދު ކުރަން ޖެހޭ ކަމަށް ނިންމާފައެވެ. އަދި ގައްދޫ އައި.އީ.އޯ.ސީ އިންވަނީ ފުލް ލޮކްޑައުންއަކަށް ދިޔުމަށް ތައްޔާރުވެފައި އޮތް ކަމުގެ ޔަޤީންކަން އޭ.އީ.އޯ.ސީ އަށް ދީފައެވެ.
މީގެ އިތުރުން ފުރަބަންދަކަށް ގެނައުމަށް ފަހު ކުރިމަތިވާނެ ދަތި ތަކާއި، އެކަން ހައްލު ކުރުމަށް ކުރެވިދާނެ ކަންތައްތަކާއި ބެހޭގޮތުން ވަނީ މަޝްވަރާކޮށްފައެވެ.






