Close

ފުވައްމުލަކު ސިޓީން އިތުރު 6 މީހަކު ކޮވިޑަށް ޕޮޒިޓިވް ވެއްޖެ

ފުވައްމުލަކު ސިޓީން އިތުރު 6 މީހަކު ޕޮޒިޓިވް ވެއްޖެ އެވެ.

ފުވައްމުލަކު ހޮސްޕިޓަލުން ވިދާޅުވީ ހުކުރު ދުވަހުގެ ހަވީރު 5:00ން ހޮނިހިރު ދުވަހުގެ ހަވީރު 5:00 އަށް ނެގުނު 98 ސާމްޕަލްގެ ތެރެއިން 6 މީހަކު ޕޮޒިޓިވްވެފައިވާ ކަމަށާއި 80 ސާމްޕަލްގެ ނަތީޖާ ނުލިބޭ ކަމަށެވެ.

އަދި ފާއިތުވި 24 ގަޑިއިރު 6 މީހަކު ޕޮޒިޓިވްވެފައިވާއިރު، އެއީ 4 ދިވެހިންނާއި 2 ބިދޭސީއެކެވެ. މިކޭސްތަކާ ގުޅިގެން 6 މީހަކު ކޮންޓެކްޓުންގެ ގޮތުގައި ފާހަގަކުރެވިފައިވާ ކަމަށާއި، 166 އެކްޓިވް ކޭސް ހިމެނޭ ކަމަށް ހޮސްޕިޓަލުން މައުލޫމާތުދެއެވެ. އަދި އެކަކަށް ކޮވިޑް ފެސިލިޓީގައި ދަނީ ފަރުވާ ދެމުންނެވެ.

ފުވައްމުލަކު ހޮސްޕިޓަލުން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު ހޮނިހިރު ދުވަހު 16 މީހުންނާއެކު ބަލި ރަނގަޅުވި މީހުންގެ އަދަދު 506ށް ވަނީ އަރާފައެވެ. ބަލީގެ އެއްވެސް އަލާމާތެއް ފެނިއްޖެކަމުގައި ވަނީނަމަ ލަސްނުކޮށް ސާމްޕަލް ނެގުމަށް އިލްތިމާސްކޮށްފައިވެއެވެ. އެގޮތުން މިހާތަނަށް 14،073 ސާމްޕަލެއް ނަގާފައިވެއެވެ.

ފުވައްމުލަކުގެ ހާލަތު ގޯސްވަމުން އަންނާތިީ ކައުންސިލުން ވަނީ ޚާއްސަ ފިޔަވަޅުތަކެއް އަޅާފައެވެ. އެގޮތުން ވިޔަފާރިކުރަން ފިހާރަތަކަށް ނުގޮސް އެ ސިޓީގައި ވަނީ ޑެލިވަރީގެ ޚިދުމަތް ފަށާފައެވެ. ޑެލިވަރީ ކުރުމަށް ފާސް ދޫކުރަމުން އަންނަނީ ރެސްޓޯރެންޓް ތަކަށާއި ފިހާރަ ތަކަށެވެ. އެއީ ހަވީރު 4:00ން ފެށިގެން 6:00ށް ދޫކުރާ ފާހެކެވެ.

ޒަރޫރީ އެހެން ބޭނުންތަކަށް ގެއިން ބޭރަށް ނުކުންނަށް ބޭނުންވާ ފަރާތްތަކަށް ޕޮލިސް ޕޯޓަލް މެދުވެރިކޮށް ފާސް ލިބޭނެ ކަމަށް ކައުންސިލުން ބުނެއެވެ. އަދި އެ ސިޓީގެ ސްކޫލްތައް ބަންދުކޮށް، އޮންލައިންކޮށް ކިޔަވައިދޭން ވަނީ ފަށާފައެވެ. އަދި އެ ސިޓީގައި މިހާރު ހަވީރު 4:00ން ފެށިގެން ފަތިހު 6:00ށް އަންނަނީ ކާފިއު ވެސް ހިންގަމުންނެވެ.

ފުވައްމުލައް ދެވަނަ ފަހަރަށް މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވަނީ ރޯގާގެ އަލާމާތް ހުރުމުގެ ސަބަބުން މެއި މަހުގެ 5 ވަނަ ދުވަހު ފުލޫ ކުލިނިކަށް ދެއްކި މީހަކު ޕޮޒިޓިވްވުމާ ގުޅިގެންނެވެ.

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top