ނަފްރަތުގެ ބިލް ފާސްކުރުމާ މެދު ވ. ތިނަދޫ ކައުންސިލުން ކަންބޮޑުވުން ފާޅުކޮށްފި އެވެ.
ފެލިދެ އަތޮޅު ކައުންސިލް އިދާރާއިން މިއަދު ނެރުނު ނޫސްބަޔާނުގައި ހާމަ ކޮށްފައިވާ ގޮތުން 25 މޭ 2021 ވަނަ ދުވަހު ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސެއިން މަޖިލީހަށް ހުށަހެޅުއްވި ނަފުރަތުގެ އަމަލު ހިންގުން ޖިނާއީ ކުށަކަށް ހަދަން ގާނޫނުލް އުގޫބާތަށް އިސްލާހުގެ ބިލް ފާސްކޮށްފިނަމަ މިކުޑަ ކުޑަ ދިވެހި ރާއްޖޭގައި އިސްލާމް ދީނަށް ފުރައްސާރަކުރުމަށް ނުހަނު ބޮޑު ދޮރެއް ޤާނޫނީ ގޮތުން ހުޅުވިގެން ދާނެ ކަމަށެވެ. އަދި މިކަމަކީ ކައުންސިލުން ނުހަނު ކަންބޮޑުވާ ކަމެއްކަމުގައި މި ބަޔާނުގައި ފާހަގަކޮއްފައިވެ އެވެ.
ނަފްރަތު އުފެއްދުމަކީ ކަނޑައެޅިގެން ދިވެހިރާއްޖޭގެ ޤާނޫނު އަސާސީން މިހާރުވެސް މަނާ ކޮށްފައި އޮތް ކަމަކަށްވެފައި ،އިސްލާމްދީނަށް ފުރައްސާރަ ކުރުމަކީ އިސްލާމްދީނުން ބޭރުވާފަދަ އަމަލަކަށް ވީ ހިނދު ނަފްރަތު ގެ އަމަލު ހިންގުން ހުއްޓުވުގެ ނަމުގައި ސަރުކާރުން ހުށައަޅާފައިވާ ބިލުގެ ސަބަބުން އިސްލާމްދީނަށް ފުރައްސާރަ ކުރާ ފަރާތްތަކާ ދެކޮޅަށް އަޑުއުފުލުން ޤާނޫނީ ގޮތުން މަނާވެ ،އިސްލާމްދީނާ ދެކޮޅަށް ބަސްބުނެހެދުމުގެ މިނިވަންކަން ޤާނޫނު މެދުވެރިކޮށް ހޯދައިދެވި،ކުށްވެރިވާންނުޖެހޭ އެތައްބަޔަކު ކުށްވެރިވާނެ ކަމީވެސް ކައުންސިލުން އިންތިހާއަށް ކަންބޮޑުވާ ކަމެއްކަމުގައި ތިނަދޫ ކައުންސިލުން ހާމަ ކޮށްފައިވެއެވެ.







2 ކޮމެންޓް
ދެފަޔާއި ދެއަތުގަ ހިފާފަ މިބުނަނީ ތިޔަ ލާދީނީ ބިލު އަވަހަށް ފާސްކޮށްދީ.
ފަރުދީ ޒިއްމާއަދާކުރައްވާ! މާސްކުއަޅުއްވާ! މަތިވެރި މާތްރަސްކަލާންގެ އާދަމުގެ ދަރިޔާ މާތްކުރެއްވިއެވެ. ސޯ ފަންޑަމެންޓަލީ ރެސްޕެކްޓް ކުރަންޖެހޭނެއްނޫންތޯ؟ އެކަކު އަނެއްކަކަށް ރެސްޕެކްޓް ކުރާނަމަ، އޭރަށް މިހާރުތި ދިމާގެން އުޅޭ ނަފުރަތުއުފެއްދުމުގެ ބިލު ވުޖޫދުކުރާކަށް ނުޖެހޭނެ ތޯއްޗެ.