ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މަސައްކަތް ކުރައްވަނީ ދާއިރާތަކަށް ވެފައިވާ ވައުދުތައް ފުއްދެވުމަށް ކަމަށް ލ.ގަމު ދާއިރާގެ މެމްބަރު މުހައްމަދު ވިސާމް ވިދާޅުވެއްޖެއެވެ.
މެމްބަރު ވިސާމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ، ކޮވިޑްގެ ދަތި ދަނޑިވަޅުގައި ކެތްތެރިކަމާއި ހިކުމަތްތެރިކަމާއެކު ރައީސް މަސައްކަތްކުރައްވަނީ ގައުމުގެ މަސްލަހަތު އިސްކޮށްގެން ކަމަށެވެ. އަދި މިދަނޑިވަޅުގައި ރައީސް ސޯލިހް ވެފައިވާ ވައުދުތަކާއި ދާއިރާތަކަށް ވެފައިވާ ވައުދުތައް ފުއްދުމަށް މަސައްކަތް ކުރައްވާކަމަށް ވިސާމް ވިދާޅުވިއެވެ.
ކޮވިޑްގެ ދަތި ދަނޑިވަޅުގައި ކެތްތެރިކަމާއި ހިކުމަތްތެރިކަމާއެކު ރައީސް މަސައްކަތްކުރައްވަނީ ގައުމުގެ މަސްލަހަތު އިސްކޮށް އެމަނިކުފާނު ވެފައިވާ ވައުދުތަކާއި ދާއިރާތަކަށް ވެފައިވާ ވައުދުތައް ފުއްދުމަށް. ގަމު ދާއިރާއަށް ވެފައިވާ ވައުދުތަކާއި ގުޅޭގޮތުން މަޝްވަރާކުރެވުނު. pic.twitter.com/Q5JD4B2Zjt
— Mohamed Wisam (@mohamedwisaam) June 13, 2021
މިހާރު އެމްޑީޕީގެ ތެރޭގައި އުފެދިފައިވާ ނުތަނަވަސްކަމުގައި ރައީސް ނަޝިދަށް ތާއީދުކުރާ ފަރާތްތަކުގެ ތެރޭގައި ވިސާމް ހިމެނެއެވެ. ވިސާމަށް ފާޑުކިޔުން އަމާޒުވެފައިވަނީ ޑިފެންސް ގެ ނައިބު ޒަމީލްގެ މައްސަލަ އިމްތިޔާޒް ކޮމިޓީން ބޭރުކުރުމަށް ވޯޓު ދެއްވުމާގުޅިގެންނެވެ.







1 ކޮމެންޓް
ރަގަޅު ވާހަކައެއް ޜައީސްގެ ކެތްތެރިކަމަށް ތައުރީފުހައްގު . ބޮޑުވަޒީރުގެ އެއްބާރުުލުން ނުލިބޭތީމައްސަލައަކީ. ޢެކޮޅުކޮޅުުން އަރިހުރަހަށް ހަނިއަރިއަށް އިދިކީލަކޮށް ވެރިކަން ކުރުވަން އުޅޭތީ މައްސަލައަކީ.