ކޮވިޑް-19 އާ ގުޅިގެން ހާލަތު ގޯސްވެފައިވާ ގދ.ގައްދޫ ކައުންސިލް ރައީސް މުހައްމަދު އަހުމަދުގެ ފަރާތުންނާއި ހެޔޮއެދޭ ފަރާތަކުން ކަރަންޓީން ކުރެވިފައިވާ 116 ގެއަކަށް އެހީތެރިކަން ފޯރުކޮށްދީފި އެވެ.
ކައުންސިލް ގެ ރައީސްގެ ފަރާތުން އިސްނަގައިގެން ހަދިޔާކޮއްފައިވަނީ ކާޑު ބާވަތްތައް ކަމުގައިވާ ފުށް، ހަނޑޫ އަދި ހަކުރުއެވެ. މީގެ އިތުރުން ހެޔޮއެދޭ ފަރާތަކުން ހަދިޔާކުރި ކަދުރު ވެސް ގައްދޫ ކައުންސިލުގެ މުވައްޒަފުން ވަނީ ކަރަންޓީނު ކުރެވިފައިވާ ގެތަކަށް ހަދިޔާ ކޮށްފައެވެ.
ކައުންސިލް އިދާރާއިން މީގެ ދެދުވަސް ކުރިން ވަނީ ގައްދޫ ގައި ކަރަންޓީން ކުރެވިފައިވާ ރައްޔިތުންނަށް ފެންކޭސް ހަދިޔާ ކޮށްފައެވެ.






