Close

ގދ. ތިނަދޫ ލޮކްޑައުން ކުރަންޖެހޭ: އީއޯސީ

ގދ. ތިނަދޫގެ ކޮވިޑް ކޭސްތަށް އިތުރުވަމުން ދާތީ ތިނަދޫގެ ހާލަތު ރަނގަޅު ކުރުމަށް މިވަގުތު އެންމެ ރަނގަޅު ގޮތަކީ އެރަށް ލޮކްޑައުން ކުރުން ކަމަށް ގދ. އަތޮޅު އިމަޖެންސީ އޮޕަރޭޝަން ސެންޓަރ (އީއޯސީ)އިން ނިންމައިފިއެވެ.

އޭއީއޯސީން މި ނިންމުން ނިންމާފައި ވަނީ މިއަދު ތިނަދޫ ކައުންސިލް ރައީސްގެ ޙަސަން އިސްނަގައިގެން ބޭއްވި ބައްދަލުވުމެއްގައެވެ.

އަތޮޅު އީއޯސީން ތިނަދޫ ލޮކްޑއުން ކުރަން ނިންމާފައިވާއިރު އެރަށުގެ އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި ހިމެނިވަޑައިގަންނަވާ އެރަށު ހޮސްޕިޓަލުގެ މެޑިކަލް ޑިޕާޓްމަންޓުގެ ހެޑް އަދި ކޮވިޑް ފެސިލިޓީގެ މެނޭޖަރު، ޑރ. އާޒިމް އަބްދުއްޝަކޫރުވެސް ވަނީ ތިނަދޫ ފުލް ލޮކްޑައުނަކަށް ދާން ޖެހޭ ކަމަށް ވިދާޅުވެފައެވެ.

ތިނަދޫގައި މިހާތަނަށް ޖުމްލަ 315 މީހަކު ވަނީ ކޮވިޑަށް ޕޮޒިޓިވްވެެެފައެވެ. އޭގެ ތެރެއިން 184 މީހަކު ބަލިން ފަސޭހަވެފައެވެ.

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top