Close

ސަޢޫދީން ކޮވިޑަށް ހާސްސަކޮށް ތައްޔާރުކޮށްފައިވާ އެޕްލިކޭޝަން ރާއްޖެއަށް

ސަޢޫދީން ކޮވިޑަށް ހާސްސަކޮށް ތައްޔާރުކޮށްފައިވާ އެޕްލިކޭޝަން ބޭނުންކުރަން ފަށާ ފުރަތަމަ 74 ޤައުމުގެ ތެރޭގައި ދިވެހިރާއްޖެ ހިމެނިއްޖެއެވެ.

ސަޢޫދީ ޢަރަބިއްޔާއިން ކޮވިޑަށް ހާސްސަކޮށް ތައްޔާރުކޮށްފައިވާ އެޕްލިކޭސަންއައް ކިޔަނީ "ތަވައްކަލްނާ" އެވެ.

ތަވައްކަލްނާ އެޕްލިކޭޝަނަކީ ކޮވިޑް-19 އާ ގުޅިގެން ސަޢޫދީ ޢަރަބިއްޔާގެ ހެލްތު މިނިސްޓްރީއިން އެޕްރޫވްކޮށް، އެންމެހާ ފަރާތްތަކުގެ ސިއްހީ ޙާލަތު ދެނެގައުމަށާއި، ކޮންޓެކްޓް ޓްރޭސިންއަށް ސަޢޫދީ ޢަރަބިއްޔާގައި ރަސްމީކޮށް ބޭނުންކުރާ އެޕްލިކޭޝަނެވެ. ސަޢޫދީގައި އެއްތަނުން އަނެއްތަނަށް ވަދެ ނިކުތުމުގެ ހުއްދަ ދެނީ މި އެޕްލިކޭޝަން މެދުވެރިކޮށް އެމީހެއްގެ ސިއްހީ ހާލަތު ދެނެގައުމަށްފަހުއެވެ.

މި އަހަރުގެ އޮގަސްޓް މަހުގެ 1 ވަނަ ދުވަހުން ފެށިގެން މި އެޕްލިކޭޝަން ބޭނުން ނުކުރާ ފަރާތްތަކަށް ސަޢޫދީ ޢަރަބިއްޔާގެ ޕަބްލިކް ތަންތަނަށް ވަދެ ނިކުމެ ނުހެދޭނެއެވެ.

މި އެޕްލިކޭޝަން 74 ޤައުމަކަށް ސަޢޫދީއިން ހުޅުވާލާފައިވާއިރު، މީގެ ތެރޭގައި ދިވެހިރާއްޖެވެސް ހިމެނެއެވެ. ސަޢޫދީޢަރަބިއްޔާގެ ރައްޔިތުން މި 74 ގައުމަށް ދަތުރުކުރާއިރު، އަދި މިގައުމުތަކުގެ ރައްޔިތުން ސަޢޫދީޢަރަބިއްޔާއަށް ދަތުރުކުރާއިރު މި އެޕްލިކޭޝަން ބޭނުންކުރަން ޖެހެއެވެ.

އިތުރު މައުލޫމާތު: https://ta.sdaia.gov.sa/en/countries-en

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top