Close

އައްޑޫ ސިޓީ އިން އިތުރު 23 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ

އައްޑޫ ސިޓީ އިން އިތުރު 23 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.

އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) އިން ހާމަ ކޮށްފައިވަނީ މިއަދު ހަވީރު 6 ޖެހުމާ ހަމައަށް 23 ޕޮޒިޓިވް ކޭސްފެނިފައިވެއެ. ޕޮޒިޓިވް 23 ކޭސް ފެނިފައިވަނީ ހިތަދޫ އިންނެވެ.

މިއަދު ޕޮޒިޓިވްވީ މިހުންނަކީ އިއްޔެ ހިތަދޫ ފްލޫ ކުލިނިކަށް ދެއްކުމުން ކޮވިޑަށް ޕޮޒިޓިވްވީ މީހާގެ ކޮންޓެކްޓުންގެ ތެރޭން ބަޔަކާއި އިއްޔެ ހިތަދޫން ނެގި ރެންޑަމް ސާމްޕަލްގެ ތެރެއިން ކޮވިޑަށް ޕޮޒިޓިވްވި ބަންގުލަދޭޝްގެ މީހާގެ ޑައިރެކްޓު ކޮންޓެކްޓުންގެ ތެރެއިން ނެގުނު ސާމްޕަލް ތަކުން ޕޮޒިޓިވްވީ މީހުންނެވެ.

އައްޑޫ ސިޓީގައި މިވަގުތު 71 އެކްޓިވް ކޭސް މިހާރު އެބަ އުޅެއެވެ.

އަދި ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން މިއަދު އިތުރު ދެ މީހުން ރަނގަޅުވެ، އަދަދު ވަނީ 274 އަށް އަރާފައެވެ. ކޮވިޑް ފެސިލިޓީގައި މިވަގުތު އެކަކަށް ފަރުވާ ދެމުންދާއިރު މި ބަލީގައި ދެ މީހަކު ވަނީ އައްޑޫ އިން ނިޔާވެފައެވެ.

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top