Close

ތިނަދޫގެ މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދުކުރުން މެދުކަޑާލަން އެންގި މުއްދަތު އިތުރުކޮށްފި

ކޮވިޑް-19 އާއި ގުޅިގެން ގދ. ތިނަދޫގެ މިސްކިތްތަކުގައި ވަގުތީގޮތުން ޖަމާއަތުގައި ނަމާދުކުރުން މެދުކަނޑާލަން އެންގި މުއްދަތު އިތުރުކޮށްފި އެވެ.

ތިނަދޫ ކައުންސިލުން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ ތިނަދޫން ކޮވިޑާ-19 އިގެ ވައިރަސް ހަލުވިކަމާއެކު ފެތުރެމުންދާތީވެ. މިހާރުގެ ޙާލަތަށް ރިޢާޔަތްކޮށް، އިތުރަށް މިވައިރަސް ރާއްޖޭގައި ފެތުރުން ހުއްޓުވުމަށްޓަކައި އަޅާ ރައްކާތެރިކަމުގެ މުހިންމު ފިޔަވަޅެއްގެ ގޮތުން، އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހާއި ދީނީ ޢިލްމުވެރިންގެ ލަފާގެ މަތިން 06 ޖޫން 2021 ގައި މި އިދާރާއިން ކޮށްފައިވާ ނަންބަރ 415/415/2021/63(IUL) އިޢުލާނުގައި މިސްކިތްތަކުގައި ވަގުތީގޮތުން ޖަމާޢަތުގައި ނަމާދުކުރުން ހުއްޓާލުމަށް އިން މުއްދަތު 14 ޖޫން 2021 ވާ ހޯމަ ދުވަހުގެ ފަތިސް ނަމާދުން ފެށިގެން 20 ޖޫން 2021 ވާ އާދިއްތަ ދުވަހުގެ ރޭ ޢިޝާނަމާދުގެ ނިޔަލަށް މުއްދަތު އިތުރުކުރަން ނިންމައިފައިވާ ކަމަށެވެ.

މީގެ އިތުރުން މިސްކިތުގައި ހަމައެކަނި ބަންގިގޮވުމަށާއި، ބަންގީގެ ފަހުގައި " صلوا في بيوتكم " މިފަދައިން 2 ފަހަރު ގޮވުމަށާއި،
އަދި މިދަނޑިވަޅުގައި މިސްކިތުގައި ނަމާދު ނުކުރި ނަމަވެސް ފަރުޟު ފަސް ނަމާދު ބަރާބަރަށް އަދާކުރުމަށާއި، ސުންނަތް
ނަމާދު ގިނަކޮށް، ކީރިތި ޤުރުއާން ކިޔަވައި، ގިނަގިނައިން ދުއާކޮށް، އިސްތިޣްފާރު ކުރުމަށް އެ ކައުންސިލުން ވަނީ ތިނަދޫގެ ހުރިހާ ރައްޔިތުންނަށް
ނަސޭޙަތްތެރިވެފަ އެވެ.

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top