Close

ރައީސް ސޯލިހްގެ ސަރުކާރުން ކުރެވިފައިވާ މަސައްކަތްތައް ރަނގަޅު: ރޮޒޭނާ

ރައީސް ސޯލިހްގެ ސަރުކާރުން ޖުމްލަކޮށް ކުރެވިފައިވާ މަސައްކަތްތަކަށް ބަލާ އިރު ވަރަށް ރަނގަޅު ކަމަށް އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒޭނާ އާދދަމް ވިދާޅުވެއްޖެ އެވެ.

މެންބަރު ރޮޒޭނާ ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ ރައީސް ސޯލިހްގެ ސަރުކާރުން ޖުމްލަކޮށް ކުރެވިފައިވާ މަސައްކަތްތަކަށް ބަލާ އިރު ވަރަށް ރަނގަޅު ކަމަށާއި ކޮވިޑް-19ގެ މި ހާލަތުގައި އެއްވެސް ޕުރޮޖެކްޓެއް ހުއްޓުމެއްނެތި ކުރިޔަށްދާ ކަމަށެވެ.

އެގޮތުން މި ދަތި ދަނޑިވަޅުގައި ވަޒީފާތަކުން އެއްވެސް ބަޔަކު ކަނޑާލައިފާ ނުވާ ކަމަށާއި ކޮރަޕްޝަންގެ އަމަލުތަކަށް ބަރާބަރަށް ފިޔަވަޅު އަޅުއްވާ ކަމަށްވެސް ރޮޒޭނާގެ ޓުވީޓުގައި ވިދާޅުވެފައި ވެއެވެ.

"ކޮންކަމެއް ނުވެގެންތޯ ބަޔަކު މި ތެޅި ފޮޅެނީ ؟" ރޮޒޭނާގެ ޓުވީޓުގައި ސުވާލު ކުރަމުން ބުނެފައިވެ އެވެ.

މެންބަރު ރޮޒޭނާ ޓުވީޓު ކުރައްވާފައި މިވަނީ އެމްޑިީޕީގެ ތެރެ ދެބައިވެފައިވާކަން އެ ޕާޓީގެ ޗެއާރ ޕާސަން ހަސަން ލަތީފް ވެސް ވިދާޅުވެފައިވާ ދަނޑިވަޅެއްގަ އެވެ.

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top