Close

ހޯޑެއްދޫން ގޯތި ދޫކުރުމަށް އެކުލަވާލެވުނު ކޮމިޓީ މުރާޖާ ކުރަނީ: ކައުންސިލް

ހޯޑެއްދޫން ގޯތި ދޫކުރުމަށް އެކުލަވާލެވުނު ކޮމިޓީ މުރާޖާ ކުރުމަށް މެމްބަރުން ހޯދަމުންދާކަމަށް ކައުންސިލުން ވަނީ އަނަގާފައެވެ.

ގދ. ހޯޑެއްދޫ ކައުންސިލުން ނެރުނު އިއުލާނުގައިވާ ގޮތުގައި ގޯތި ދޫކުރުމުގެ ކަންތައް ކުރަން ބޭނުންވަނީ ވީހާވެސް ދެފުށް ފެންނަ ގޮތެއްގައި ކަމާއި ރައްޔިތުންނަށް ގޯތި ދޫކުރުމަށް އެކުލަވާލެވުނު ކޮމިޓީގެ މުރާޖާ ކުރުމަށް ދިމާވި މައިގަނޑު ސަބަބަކީ އެކޮމެޓީގައި ގޯއްޗަށް އެދިފައިވާ ފަރާތްތަކާ އާއިލީ ގޮތުން ގާތްކަން ހުރި މެންބަރުން ތިބުމާއެކު އެވެ.

ކައުންސިލުން ހާމަކޮށްފައިވާ ގޮތުގައި ކޮމިޓީައަށް ހޮވުމަށް ހަމަޖެހިފައިވަނީ ފަސް މެމްބަރުންނެވެ.

ގޯތި ދޫކުރުމަށް އެކުލަވާލެވޭ ކޮމެޓީގެ މަސައްކަތްތައް އެއްމަސްދުސް ތެރޭގައި ނިންމުމަށް އަމާޒު ކޮށް ކޮންމެ މެމްބަރަކަށް ހަތް ސަތޭކަ ފަންސާސް ރުފިޔާގެ އެލަވަންސެއް ދިނުމަށް ހަމަޖެހިފައިވާ ކަމަށް ކައުންސިލުން ހާމަކުރެއެވެ.

ވުމާއެކު ކޮމިޓީގެ މެމްބަރަކަށް ވުމަށް ޝައުގުވެރިވާ ފަރާތްތަކުގެ ޝަރުތުތައް ކަނޑައަޅައި 21 ޖޫން 2021 ގެ ކުރިން ސިޓީއަކުން ހުށައެޅުމަށް ވަނީ އެދިފައެވެ.

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top