Close

ރާއްޖޭގެ ލައިސެންސް ބައިނަލްއަގުވާމީ ފެންވަރުގައި ބޭނުންކުރެވޭ ގޮތް ހަދަނީ

ރާއްޖޭގެ ޓްރާންސްޕޯޓު މިނިސްޓްރީން ދޫކުރާ އެއްގަމު އުޅަނދު ދުއްވުމަށް ދޫކުރާ ލައިސެންސް ރާއްޖެއިން ބޭރު ގައުމުތަކުގައި ވެސް ބޭނުން ކުރެވޭ ގޮތް ހެދުމަށް ބައިނަލްއަގުވާމީ ދެ މުއާހަދާއެއްގައި ބައިވެރިވުމަށް ރައްޔިތުން މަޖިލީހުން ރުހުން ދީފިއެވެ.

ރާއްޖެއިން 2 މުއާހަދާއެއް ބައިވެރިވާ ގޮތަށް ރައްޔިތުން މަޖިލީހުގެ 48 މެމްބަރުން ގެ ވޯޓު ވަނީ ލިބިފައެވެ.ރާއްޖެއިން ބައިވެރިވާ ބައިނަލްއަގުވާމީ ދެ މުއާހަދާއަކީ، "ވިއެނާ ކޮންވެންޝަން އޮން ރޯޑް ޓްރެފިކް 1968" އާއި "ވިއެނާ ކޮންވެންޝަން އޮން ރޯޑް ސައިން އެންޑް ސިގްނަލްސް 1968" އެވެ.

މި ދެ މުއާހަދާގައި ބައިވެރިވުމަށް ރުހުން ހޯދަން ރައީސް ޞާލިހު، ރައްޔިތުން މަޖިލީހަށް ފޮނުއްވީ، މާރޗު މަހު 15 ވަނަ ދުވަހުއެވެ.

ރައީސްގެ މި ހުށަހެޅުއްވުމަށް ހާރިޖީ ގުޅުންތަކާ ބެހޭ ކޮމިޓީން އޮތީ ރުހުން ދީފައެވެ.

 

 

ބައިނަލްއަގުވާމީ މި ދެ މުއާހަދާގައި ބައިވެރިވުމުން އެ ގައުމެއްގައި ބޭނުން ކުރާ ލައިސެންސް އެއް ގައުމުން އަނެއް ގައުމުގައި ވެސް ބޭނުން ކުރެވޭނެއެވެ.

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top