މި ބިލުގައި ބަޔާންކޮށްފައިވާ ގޮތުން އާންމު ތަނެއްގައި ވަކި މީހަކީ އިސްލާމްދީނާ ހިލާފަށް އުޅޭ ނުވަތަަ އިސްލާމްދީނާ ދެކޮޅު މީހެއް ކަމަށް ތުހުމަތު ކުރުމާއި އިސްލާމީ އަގީދާއާ ގުޅުވައި މުޖުތަމައުގައި މީހަކާމެދު ނަފްރަތު އުފެއްދުން އުފެއްދުން ކުށަކަށް ހަދާފައި ވެއެވެ. ނަމަވެސް ބިލުގައި އެ މާއްދާ އެގޮތަށް އޮތުމުން އޭގެ މާނަަ ވަރަށް ފުޅާކޮށް މާނަ ކުރެވިދާނެ ކަމަށް ސަނީފް ވިދާޅުވި އެވެ.
"މިކަމާ ގުޅިގެން އިސްލާމް ދީނާ ހިލާފަށް އުޅޭ މީހެކޭ އިސްލާމް ދީނާ ދެކޮޅު މީހެކޭ ތިޔަބޭފުޅުން ތިޔަ ވާހަކަ ދައްކަނީ ނޫނީ އިސްލާމް ދީނަށް އަރައިގަނެވޭނެ ކަންތައްތަކެކޭ ތިބޭފުޅުން ތިޔަ ވިދާޅުވަނީ މި ބާވަތުގެ އިބާރާތުން ބުނެވިއްޖިއްޔާ އެއީ ގާނޫނީ ކުށެއްގެ ތެރެއަށް ފޯލްވުން ކަމަށް ބެލި ދާނެ،" ސަނީފް ވިދާޅުވި އެވެ.
މީގެ އިތުރުން މެންބަރު ސަނީފް ވިދާޅުވީ މި ބިލުގެ ސަބަބުން ހިޔާލުފާޅު ކުރުމުގެ މިނިވަންކަމަށް ހުރަސް އެޅި ޑިމޮކްރަސީއާ ބީރައްޓެހި އެއްޗެކަަށް ވެދާނެ ކަމުގެ ކަންބޮޑުވުން އެބައޮތް ކަމަށެވެ. އަދި އާންމު ތަނެއްގައި ވަކި މީހަކީ އިސްލާމްދީނާ ހިލާފަށް އުޅޭ ނުވަތަަ އިސްލާމްދީނާ ދެކޮޅު މީހެއް ކަމަށް ތުހުމަތު ކުރުމާއި އިސްލާމީ އަގީދާއާ ގުޅުވައި މުޖުތަމައުގައި މީހަކާމެދު ނަފްރަތު އުފެއްދުން ކުށަކަށް ހެދުން އުނި ކުރަން ސަނީފް އެދިވަޑައިގެންނެވި އެވެ.
އޭނާ ވިދާޅުވީ އެމްޑީޕީގައި ދީނީ ގޮތުން މަޝްވަރާ ކުރަން އޮންނަ ކޮމެޓީގައި އެއްވެސް މެމްބަރެއް ނެތި ފަސް އަހަރު ދުވަސްވެފައި ވާއިރު އިސްލާމް ދީނާ ގުޅޭ ކަންކަމުގައި ގޮތެއް ނިންމަން ޖެހޭނީ އެ ކޮމެޓީން ކަމަށެވެ. އެ ކޮމެޓީ އަލުން އެކުލަވާލައި ބިލު އަނބުރާ ގެންދަން ވެސް އޭނާ ސަރުކާރަށް އޭނާ ގޮވާލެއްވި އެވެ. އަދި ވިދާޅުވީ އެހެންނޫނީ އިސްލާމްދީނުގެ ދިފާއުގައި މަސައްކަތްކުރާ މީހުންގެ އަތް ފައި ބަނދެވިގެން ދާނެ ކަމަށެގވެ.
ސަނީފް މިއަދު ބަހުސްގައި ވާހަކަފުޅު ދައްކަވަމުން ދަނިކޮށް ބިލެއްދޫ ދާއިރާގެ އެމްޑީޕީ މެމްބަރު އަހުމަދު ހަލީމު (ދޮންބިލެތް) ވަނީ ނިޒާމީ ނުކުތާ ނަންގަވައި އޭނާގެ ވާހަކަތަކަށް ހުރަސް އަޅުއްވައިފަ އެވެ. އަދި ބިލުގެ ސަބަބުން އަގީދާއަށް ހުރަސް ނޭޅޭނެ ކަަމަށާއި އަދި ހަމައެކަނި ހުއްޓުވާނީ މީހުންގެ މެދުގައި ނަފްތަރު އުފެއްދުމާއި މީހުންގެ ލޭ ހުއްދަ ކުރުން ގޮވާލުން އެކަނިކަމަށް ވިދާޅުވި އެވެ.






