Close

ތިނަދޫ ދެތަނަކުން ވިޔަފާރިކުރުން މަނާކޮށްފި

ތިނަދޫ އެސް.އެމް.ޑީ އަލިހަވާ ބާޒާރު ފިހާރައިންނާ ސަންޕީކް ރެސްޓޯރެންޓް އިން ވިޔަފާރިކުރުން މަނާކޮށްފިއެވެ.

ތިނަދޫގައި ކޮވިޑް 19 ހަލުވި ކަމާއެކު ފެތުރެމުންދާތީ ބަލި ކޮންޓްރޯލްކުރުމަށް އަޅާފައިވާ ފިޔަވަޅު ތަކުގެ ތެރެއިން ނެގި ރެންޑަމް ސާމްޕަލް ތަކެއްގައި އެސް.އެމް.ޑީ އަލިހަވާ ބާޒާރު ފިހާރައިންނާ ސަންޕީކް ރެސްޓޯރެންޓް ގެ މުވައްޒަފުން ތަކެއްް ޕޮޒިޓިވް ވުމާ ގުޅިގެން މިތަންތަން ބަންދުކޮށް 14 ދުވަހުގެ މުއްދަތަކަށް ވަދެ ނިކުމެ އުޅުން ތިނަދޫ ކައުންސިލުން ވަނީ  މަނާކޮށްފައެވެ.

މި ދެ ތަނުގައިވެސް ތިނަދޫ ކައުންސިލުން މިހާރު ވަނީ ބަންދު ނޯޓިސް އާއި ކަރަންޓީން ނޯޓިސް ހަރުކޮށްފައެވެ.

ތިނަދޫ ކައުންސިލުން ހާމަ ކޮށްފައިވާ ގޮތުގައި އެސް.އެމް.ޑީ ބާޒާރު ބަންދު ކޮށް ކަރަންޓީން މުއްދަތު ފަށާފައިވަނީ 13 ޖޫން އަދި ސަންޕީކް ރެސްޓޯރެންޓު 15 ޖޫން  2021 އިން ފެށިގެން 14 ދުވަހުގެ މުއްދަތަށް ބަންދުވާނެކަމެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗް.ޕީ.އޭ)ގެ ކަރަންޓީން އުސޫލުތަކުގައި ކަރަންޓީން ކުރެވިފައިވާ ތަނަކަށް އެހެން މީހުން ވަނުމާއި އެ ތަނެއްގައި އުޅޭ ބަޔަކު ބޭރަށް ނިކުމެ އުޅުން ވަނީ މަނާކޮށްފައެވެ.

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top