Close

ކަރަންޓީން ފެސިލިޓީއެއްގެ ގޮތުގައި ގަން، ދޫގަސް ހަމަޖައްސައިފި: އައްޑޫ ކައުންސިލް

ކަރަންޓީން ފެސިލިޓީއެއްގެ ގޮތުގައި އައްޑޫ ކައުންސިލުން  ގަން ދޫގަސް ވަނީ  ހަމަޖައްސައިފައެވެ.

އައްޑޫ ސިޓީގައި ކޮވިޑް 19ގެ ބަލިމަޑުކަން ހަލުވިކަމާއެކު ފެތުރެމުން ދިއުމާ ގުޅިގެން ރައްކާތެރިކަމުގެ ގޮތުން ގަމުގެ ދޫގަސް، ކަރަންޓީން ފެސިލިޓީއަކަށް ތައްޔާރަކުރުމުގެ މަސައްކަތް ކައުންސިލުން މިވަނީ ފަށާފައެވެ.

ދޫގަސް ކަރަންޓީން ފެސިލިޓީއެއްގެ ގޮތުގައި ތައްޔާރު ކުރުމަށް ފޭދޫ އަދި މަރަދޫ ފޭދޫގެ މުނިސިޕަލް މުވައްޒަފުން ވަނީ ފުރިހަމަ އެއްބާރުލުމާއެކު ހަރަކާތްތެރިވެފައެވެ.

އައްޑޫ ކައުންސިލުން ހާމަ ކޮށްފައިވާ ގޮތުގައި މި ކަރަންޓީން ފެސިލިޓީގައި 60 ވަރަކަށް މީހުން ބޭތިއްބޭނެ އިންތިޒާމު ވަނީ ހަމަޖެހިފައެވެ. އަދި މި ފެސިލިޓީ އަކީ އައްޑޫ ގައި ބަލި ފެތުރި ހާލަތު ގޯސްވެ ގެންދިޔަ ނުދިނުމަށް އަޅާފައިވާ ފިޔަވަޅުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.

އައްޑޫ ކޮވިޑްގެ އެކްޓިވް ޖުމުލަ ކޭސްތަކުގެ އަދަދު މިހާރު 82 އަށް ވަނީ އަރާފަ އެވެ. މިއަދުގެ ޕޮޒިޓިވް ކޭސް ތަކަށް ބަލާއިރު ހިތަދޫެިން 15މީހުންވަނީ ޕޮޒިޓިވް ވެފައެވެ. މީގެ ތެރޭގައި ބިދޭސީންގެ އަދަދު ގިނައެވެ. ހިތަދޫގެ ބިދޭސީ ކްލަސްޓާ ބޮޑުވަމުންދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅު ކޮށްފައެވެ.

.

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top