Close

ކުޑަހުވަދޫ ބަނދަރުން ވިޔަފާރި ކުރުމަށް އިމާރާތްތައް ކުއްޔަށް ދޫކޮށްފި

ދ. ކުޑަހުވަދޫ ބަނދަރުން ވިޔަފާރި ކުރުމަށް އިމާރާތްތައް ކުއްޔަށް ދޫކޮށްފި

ކުޑަހުވަދޫ ކައުންސިލުން ވިދާޅުވީ، އެރަށު ބަނދަރުން ވިޔަފާރި ކުރުމަށް އިމާރާތްތައް ކުއްޔަށް ދޫކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތު އިއްޔެ އެކައުންސިލްގައި ކުރިއަށް ގެންގޮސްފައިވާކަމަށެވެ.

އެކައުންސިލުން އިތުރަށް ވިދާލުވީ، 2007 ވަނަ އަހަރު ބަނދަރު ސަރަޙައްދުން ކުއްޔަށް ދޫކޮށްފައިވާ 10 ބިމުން މިހާތަނަށް މަހެއްގެ މައްޗަށް ލިބެމުން އައީ 1500 (އެއްހާސް ފަސްސަތޭކަ ރުފިޔާ) ކަމަށެވެ.

ނަމަވެސް އިއްޔެ އަލަށް ސޮއިކުރެވިގެންދިޔަ އެއްބަސްވުމާއި އެކު މި 10 ބިމުގެ ތެރެއިން 07 ބިމުގައި ކުރެވިފައިވާ އިމާރާތްތަކުން ކައުންސިލްގެ އާމްދަނީއަށް މަހަކު 170925.35 (އެއްލައްކަ ހަތްދިހަ ހާސް ނުވަސަތޭކަ ފަންސަވީސް ރުފިޔާ ތިރީސް ފަސްލާރި ) ލިބިގެންދާނެކަމަށެވެ.

މިއީ ކުޑަހުވަދޫގެ ރައްޔިތުންނަށް މިކަމުން އުފާވެރިކަން ލިބިގެންދާނެ ކަމެއްކަމައްވެސް އެކައުންސިލުން ވިދާޅުވި އެވެ.

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top