އިކެބަނާ މޯލްޑިވްސް އިން ފުވައްމުލަކު ސިޓީ ކައުންސިލައް ކަނބިލި ފެލާ ގަސްތަކެއް ހަދިޔާކޮށްފިއެވެ.
އިކެބާނާއިން މޯލްޑިވްސް އިން ހަދިޔާކުރި ގަސްތަކާ ހަވާލުވެފައިވަނީ ކައުންސިލް އިދާރާގައި ބޭއްވި ކުޑަ ރަސްމިއްޔާތެއްގައެވެ. އިކެބާނާގެ ފަރާތުން ގަސްތަށް ކައުންސިލާއި ހަވާލު ކޮށްފައިވަނީ ހެޑް އޮފް ބިޒްނަސް ޑިވެލޮޕްމެންޓް މުޙައްމަދު މުސްލިހު އެވެ.ކައުންސިލްގެ ފަރާތުން ގަސްތަކާއި ހަވާލުވެވަޑައިގަންނަވާފައިވަނީ ކައުންސިލްގެ މޭޔަރ ޢިސްމާއިލް ރަފީޤް އެވެ.
ކައުންސިލަށް ކަނބިލިފެލާ ގަސް ހަދިޔާ ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ސިޓީ ކައުންސިލްގެ ޑިރެކްޓަރ ޖެނެރަލް އަހްމަދު ނިޖާހް ބައިވެރިވެފައިވެއެވެ.އަދި އޭގެއިތުރުން ކައުންސިލްގެ މެމްބަރުން ވެސް ރަސްމިއްޔާތުގައި ބައިވެރިވި އެވެ.
އިކެބާނާ އިން ފުވައްމުލަކު ކައުންސިލަށް ކަނބިލިފެލާ ގަސް ހަދިޔާ ކޮށްފައިވަނީ ކަނބިލިފެލާ އަކީ މިހާރު ފުވައްމުލަކުން ނެތެމުން ހިނގައިދާނެ ކަމުގެ ބިރުހީވެފައި ބާވަތަކަށް ވާތީއެވެ.އެގޮތުން 210 ކަނބިލިފެލާ ގަސް ވަނީ މިއަދު ފުވައްމުލަކު ކައުންސިލާ ހަވާލުކުރެވިފައެވެ.
އިކެބާނާ މޯލްޑިވްސް އަކީ ފުވައްމުލަގެ ހީވާގި މުވައްޒަފުން ތަކަކާއެކު ހިންގަމުންދާ ކުންފުންޏެކެވެ. މި ކުންފުންޏަކީ ފުޅާ ދާއިރާއެއްގައި ރިޒޯޓްތަކަށް ވެޑިންގް ޑެކޮރޭޝަން ތައް ބާއްވަމުންދާ ކާމިޔާބު ކުންފުންޏެކެވެ.






