ގދ. ތިނަދޫ ރަންނަބަނޑޭރި މަގުގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި ޒުވާނަކަށް އަނިޔާވެ ވެއްޖެ އެވެ.
މިކަމާއި ގުޅޭގޮތުން އެރަށުން މައުލޫމާތު ދިން މީހަކު ބުނީ އެކްސިޑެންޓު ހިނގާފައިވަނީ އެރަށު ރަންނަބަނޑޭރި މަގު, އިސްލާމިކް ސެންޓަރު ކައިރިގައި ކަމަށާއި \ މި އެކްސިޑެންޓުގައި އަނިޔާވި ޒުވާނަކަށް މިހާރު އަންނަނީ އެރަށުގައި ހުންނަ ޑރ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގައި ފަރުވާދެމުން ކަމަށެވެ.
މީގެ އިތުރުން އޭނާ ބުނީ އެކްސިޑެންޓްވި ޒުވާނާއަކީ ކާބޯތަކެތި ޑެލިވަރީކުރަން ނިކުމެ އުޅުނު ޒުވާނެއް ކަމަށާއި އަ އެކްސިޑެންޓް ހިނގީ ގަވާއިދާއި ހިލާފަށް ސައިކަލް ދުއްވާތީ ހުއްޓުވުމަށް ފުލުހުން ދުއްވަމުން އަންނަނިކޮށް ކަމަށެވެ.






