ގއ ގެމަނަފުށި ސްކޫލުގެ ސެކިއުރިޓީ ބަލަހައްޓާދޭނެ ފަރާތެއް ހޯދުމަށް އިއުލާންކޮށްފި އެވެ.
އެސްކޫލުން ގެޒެޓުކުރި އިއުލާނެއްގައި ބުނެފައިވާ ގޮތުގައި މިއަހަރުގެ ބާކީ އޮތް މުއްދަތަށް ވިޔަފާރި އުސޫލުން ސެކިއުރިޓީ ބަލަހައްޓާނެ ފާރާތެއް ވަނީ ބޭނުންވެފައި އެވެ. އަދި މި ކަމަށް ބީލަމަށް ހުށަހެޅުމުގެ ފުރުސަތު ވަނީ މިހާރު ހުޅުވާލެވިފައި އެވެ.
މިބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 2021 ޖޫން 17 އިން 2021 ޖޫން 24 އަށް ބަންދުނޫން ކޮންމެ ދުވަހަކު 9:00 އިން 13:00 އަށް ނަންނޯޓް ކުރުން އެސްކޫލުގައި ކުރިޔަށް ގެންދިޔުމަށް ވަނީ ނިންމާފައި އެވެ.
މިޕްރޮޖެކްޓާއި ބެހޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައިވަނީ 2021 ޖޫން 27 ވާ އާދީއްތަ ދުވަހުގެ 11:00 ގައި ގެމަނަފުށީ ސްކޫލްގެ އޮފީހުގައި އެވެ. އަދި މި ބައްދުލުވުމުގައި ސެކިއުރިޓީ ގުޅޭ ބީލަން ފޮތް ދިނުމަށް ވަނީ ހަމަޖެހިފައި އެވެ.
މި މަސައްކަތަށް ޝައުގުވެރިވެލައްވާ ފަރާތްތަކަށް ބިޑް ހުޅުވުން އޮންނާނީ 2021 ޖުލައި 01 ބުރާސްފަތި ދުވަހުގެ 11:00 ގައި ގެމަނަފުށީ ސްކޫލްގެ އޮފީހުގައެވެ.






