Close

ފުވައްމުލަކުގައި ފެނާއި ނަރުދަމާ ހިންގަން ހަވާލު ކުރެވުނު ފެނަކައިން ވަނީ އިހުމާލުވެފަ: އަބްދުﷲ މުހަޢްމަދު

ދައުލަތުން 250 މިލިއަނަށްވުރެ ގިނަ ރުފިޔާ ހޭދަކޮށްގެން ފުވައްމުލަކުގައި ގާއިމު ކުރެވުނު ފެނާއި ނަރުދަމާގެ ނިޒާމު ހިންގަން ހަވާލު ކުރެވުނު ފެނަކަ ކޯޕަރޭޝަނުން އެ ނިޒާމު މަރާމާތުކޮށް ބެލެހެއްޓުމަށް އިހުމާލު ވެފައިވާކަމަށް ކުރީގެ ފުވައްމުލައް ސިޓީގެ ކައުންސިލް މެންބަރ އަބްދުﷲ މުހަޢްމަދު ވިދާޅުވެއްޖެއެވެ.

އަބްދުﷲ ބުނެފައިވަނީ ފުވައްމުލަކުގައި ގާއިމު ކުރެވުނު ފެނާއި ނަރުދަމާ ނިޒާމުގެ މުހިއްމު ބައިތަކުގެ ހާލަތު އެއްދުވަހުން އަނެއްދުވަހަށް ދަނީ ގޯސްވަމުން ކަމަށާއި، ފެން އުފައްދާ ނިޒާމުގެ މިހާރު މަސައްކަތް ކުރަނީ %55 އިންސައްތަ ކަމަށްވާއިރު ފެން ނެޓްވޯކަށް ދިމާވި ލީކުވުމުގެ މައްސަލަ ހައްލު ނުކޮށް އޮތުމުގެ ސަބަބުން އުފައްދާ ފެނުގެ %70 އިން ސައްތަ ދަނީ ބިމަށް ހިދެމުން ކަމަށެވެ.

އަދި ވެކިއުން ސްޓޭޝަން ތަކުގައި ބަހައްޓާފައި ހުރި 12 ޕަމްޕްގެ ތެރެއިން 5 ޕަމްޕް މަސައްކަތް ނުކުރުމުގެ ސަބަބުން ވެކިއުމް ނެޓްވޯކް މަސައްކަތް ކުރުމަށް ބޭނުންވާ ވަރަށް ޕްރެޝަރ އުފެއްދުމަށް ވަނީ ދަތިވެފައި. މަގުމަތީގައި ބެހެއްޓިފައިވާ ވެކިއުމް ޗެމްބަރ ތަކުގެ ވޭލްތައް މަރާމާތުކޮށް ނުބެލެހެއްޓުމުގެ ސަބަބުން %25 އިންސައްތަ ޗެންބަރ މަސައްކަތް ނުކުރާތީ އެ ޗެންބަރުތަކުން ނަޖިސްއުފުލުމަށް އަހަރަކު 6،657،000 ދަނީ ޚަރަދު ކުރަމުން. މިއީ ދައުލަތު ހަރުމުދާ ހިންގުމަށް ހަވާލު ކުރެވޭ ފަރާތްތަކުން އަމުލުތައް ބަހައްޓަން ޖެހޭ ގޮތްކަމަށް ގަބޫލުކުރަން ދަތިކަމަށް އަބްދުﷲ މުހަޢްމަދު ބުނެފައިވެއެވެ.

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top