Close

ފުވައްމުލަކުގައި އެޅުމަށް ނިންމާފަައިވާ އައިޓީސީ ޕާކުގެ މައުލޫމާތު ނޭގޭތީ ރައްޔިތުން ކަންބޮޑުވުން ފާޅުކޮށްފި

ފުވައްމުލަކު ސިޓީގައި އެޅުމަށް ރައީސުލްޖުމްހޫރިއްޔާ ވައުދުވެފައިވާ އައިޓީސީ ޕާކު މައުލޫމާތު ނޭގޭތީ ރައްޔިތުން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

ފުވައްމުލައް ސިޓީގެ ޑިރެކްޓަރ ޖެނެރަލް އަހްމަދު ނިޖާހު ވިދާޅުވެފައިވާ ގޮތުގައި ރައީސުލް ޖުމްހޫރިއްޔާގެ ވަޢުދު ފުޅުގައި އައިޓީސީ ދާއިރާއިން ފުވައްމުލަކަށް ދެކަމެއް ކޮށްދެއްވުމަށް ނިންމަވާފައިވާ ކަމަށެވެ.އެގޮތުން ފުވައްމުލަކުގައި އައިޓީސީ ގެ ކެމްޕަސްއެއް ބިނާކުރުމާއި، އައިޓީސީ ޕާރކެއް އެޅުން ހިމެނެއެވެ.

އެގޮތުން މޯލްޑިވްސް ނެޝަނަލް ޔުނިވާސިޓީގެ ކެމްޕަސް އެޅުމަށްކުރީގެ އުލާމް ޕްރީ ސްކޫލް ކުރިން ހިންގި އިމާރާތް ހަމަޖައްސާ އެ އިމާރާތް މިހާރުވަނީ ކައުންސިލުން އެމް އެން ޔޫ އާއި ހަވާލުވެސް ކުރެވިފައެވެ.

ދެވަނަ ވައުދު ކަމަށްވާ އައިޓީސީ ޕާރކު އެޅުމަށް ބޭނުންވާ ބިން ފާހަނގަ ކުރެވި އެ ބިންވެސް މިނިސްޓްރީ އަށް ލިއުމުން ހަވާލުކުރެވިފައި ކަމަށާއި ކުރީގެ ޢިޖުތިމާއީ މަރުކަޒު ހުރި ބިމަކީ މިކަމަށް ޚާއްސަ ކޮށްފައިވާ ތަނެއްކަމަށް ނިޖާހު ވިދާޅުވެފައިވެއެވެ.ނަމަވެސް މިކަމުގައި މިއަދާއި ހަމަޔަށް ވަނީ އަމަލީ ސިފައެއްގައި އެއްވެސް ކަމެއް ނުކުރެއެވެ

ސަރުކާރުގެ އެއްވެސް އިދާރާއަކުން އައިޓީސީ ޕާކާއި ބެހޭ އެއްވެސް މަޢުލޫމާތެއް ފުވައްމުލަކު ރައްޔިތުންނާއި ހިއްސާ ކޮށްފައި ނުވާކަމާއި ސަރުކާރަށް 3 އަހަރު ވާން ކާރިވެފަ ހުރި އިރު އަދިވެސް މިކަމުގެ އަމަލީ އެއްވެސް މަސައްކަތެއް ނުކުރެވި ވާނުވާ ނޭގި ވުމަކީ ފުވައްމުލަކުގައި އައިޓީ ދާއިރާއިން ކުރިއަށްދާން ބޭނުންވެފައިވާ އެތައް ކުދިންނެއްގެ އުންމީދު ފުނޑުވެގެންދާނެ ކަމެއްކަމުގައި އަަަހްމަދު ނިޖާހު ގެ ވާހަކަފުޅުގައި ވެއެވެ.

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top