ގއ .ދާންދޫގައި ގިނަ އަދަދެއްގެ މީހުން ކޮވިޑް ބަލިން ރަނގަޅުވުމާ ގުޅިގެން ކޮވިޑް އެކްޓިވް ކޭސްތަކުގެ އަދަދު ވަނީ 100އިން ދަށަށް ގޮސްފައެވެ.
ގއ އަތޮޅު ހޮސްޕިޓަލުން އާންމުކޮށްފައިވާ އަދާ ހަމަ ކުރާ ރިޕޯޓުން ދައްކާގޮތުގައި ދާންދޫގައި މިއަދު ކޮވިޑް ބަލިން 42 މީހަކު ވަނީ ރަނގަޅުވެފައެވެ. ނަމަވެސް އިތުރު 6 މީހަކު ވަނީ މިއަދު ކޮވިޑަށް ޕޮޒިޓިވް ވެފައެވެ. މިއަދު ގިނަ އަދަދެއްގެ ބަޔަކު ބަލިން ފަސޭހަވުމާއި އެކު ދާންދޫގެ އެކްޓިވް ކޭސްތަކުގެ އަދަދު މިވަގުތު ވަނީ 74 އަރާފައެވެ.
ދާންދޫއިން މިހާތަނަށް ފައްސިވި މީހުންގެ ޖުމްލަ އަދަދު މިވަނި 382 އަށް އަރާފައި އެވެ. އަދި މިއަދު ގިނަ ބަޔަކު ބަލިން ފަސޭހަވުމާއި ގުޅިގެން ޖުމުލަ ބަލިން ފަސޭހަވި މީހުންގެ އަދަދު މިވަނީ 305 އަށް އަރާފައި އެވެ.
ދާންދޫގައި ކޮވިޑް ބަލި ޖެހުނު މީހުންގެ ތެރެއިން ތިން މީހަކު ވަނީ ކޮވިޑް ބަލިގައި ނިޔާވެފައި އެވެ. އެގޮތުން ފުރަތަމަ ނިޔާވީ ވިލިނގިލީ ކޮވިޑް ފެސިލިޓީގައި ފަރުވާދެމުން ދިޔަ އުމުރުން ދުވަސްވީ މީހެކެވެ. އަދި ދެވަނަ އަށް ނިޔާވީ ހާލު ގޯސްވެ މާލެ ޓްރާންސްފަރ ކޮށް ދަރުމަވަންތަ ހޮސްޕިޓަލްގެ ޑީއެޗް11 ގައި ފަރުވާދެމުން ދިޔަ ޒުވާން އަންހެނެކެވެ. އެރަށުން ބަލި ޖެހިގެން ނިޔާވި ތިންވަނަ މީހާއަކީ ހާލު ގޯސްވެ ތިނަދޫ ކޮވިޑް ފެސިލިޓީގައި ފަރުވާ ދެމުން ދިޔަ އުމުރުންދުވަސްވީ ފިރިހެނެކެވެ. އެމީހާ ނިޔާވީ އިއްޔެގެ ހެނދުނުގެ ވަގުތެއްގައި އެވެ.އަދި އިތުރު މީހަކަށް މިހާރުވެސް ދަނީ ވިލިނގިލި ކޮވިޑް ފެސިލިޓީގައި ފަރުވާދެމުންނެވެ.
ހުވަދު އަތޮޅުގައި ކޮވިޑްގެ ހާލަތު އެންމެ ގޯސްވެފައިވަނީ ދާންދޫއިން ކަމަށް ގއ.އިތޮޅު ހޮސްޕިޓަލް އިން ހާމަ ކޮށްފައިވެއެވެ.






