Close

ހުޅުމީދޫގެ ހާލަތު ދެނެގަތުމަށް ރެންޑަމް ސާމްޕަލްތަކެއް ނަގަނީ

އައްޑޫ ސިޓީ ހުޅުމީދޫގެ ހާލަތު ދެނެގަތުމަށް މާދަމާގެ ނިޔަލަށް ރެންޑަމް ސާމްޕަލްތަކެއް ނަގަމުން ދާނެ ކަމަށް އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލް އިން ވިދާޅުވެއްޖެ އެވެ.

އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލް އިން ހާމަ ކޮށްފައިވާ ގޮތުން އައްޑޫ ސިޓީ ގެ އަވަށްތަކުގައި ހަލުވިކަމާއެކު ކޮވިޑް ބަލި ފެތުރެމުންދިއުމާ ގުޅިގެން ހުޅުމީދޫގެ ހާލަތު ދެނެގަނެ ކޮވިޑް ފެތުރިފައިވޭތޯ ބަލަން ރެންޑަމް ސާމްޕަލްތަކެއް އެރށުގެ ސިއްހީ މަރުކަޒުގެ ފަރާތުން ނަގަމުން ދާނެ އެވެ.

ރައްޔިތުންގެ ރައްކާތެރިކަމަށް މިފަދަ ފިޔަވަޅުތަކެއް އަޅަމުންދާ އިރު މިކަމުގައި ރައްޔިތުންގެ ފުރިހަމަ އެއްބާރުލުން ބޭނުންވާކަމާއި ،ނަމަވެސް ބައެއް ފަރާތްތަކުން ސާމްޕަލް ނެގުމަށް ދެކޮޅު ހަދަމުން ދާތީ ހިތާމަ ފާޅުކުރާކަމަށް ހުޅުމީދޫ ސިއްހީ މަރުކަޒުގެ ހިންގުމާ ހަވާލްވެ ހުންނެވި އިބްރާހިމް ޒުބައިރު ވިދާޅުވިއެވެ.

”ރެންޑަމް ސާމްޕަލް ނެގުމުގެ މަސައްކަތްކުރަމުންދާއިރު ގިނަފަރާތްތަކަކުން މިކަމަށް ވަރަށް ބޮޑަށް އެއްބާރުލުން ދެމުންދާކަމަށާ އެހެންނަމަވެސް ބައެއް ފަރާތްތަކުން މިކަމަށް އެއްބާރުލުން ދެމުންނުދާކަން ފާހަގަކޮށްލަންޖެހޭ . ޚާއްސަ ގޮތެއްގައި ސަރުކާރުގެ މުވައްސަސާތަކުގެ ތެރެއިން ބައެއް މުވައްސަސާތަކުގެ މުވައްޒަފުން އެތަންތަނަށް އަޅުގަޑުމެންގެ ސާމްޕަލް ނަގަން ދިއުމުން ސާމްޕަލް ނުދޭންވެގެން މަސައްކަތްކޮށްފައި އެބަހުރި . މިއީ ވަރަށް ދެރަކަމެއް . ސަރުކާރުގެ މުވައްސަސާތަކުގެ މުވައްޒަފުން މިގޮތައް ކަންތައްކުރުމަކީ ބަލައިގަނެވޭނެ ކަމެއްނޫން . ” އިބްރާހިމް ޒުބައިރު ވިދާޅުވިއެވެ.

މިހާތަނަށް މިއަދު 153 ސާމްޕަލް ނަގާފައިވާއިރު އިއްޔެ ނަގާފައިވަނީ 66 ސާމްޕަލެވެ.ރަށުގައި ދިރިއުޅެމުންއަންނަ އާބާދީގެ %30 މީހުންގެ ރެންޑަމް ސާމްޕަލްތަކެއް ނެގުމަށް ވަނީ ހަމަޖެހިފައެވެ

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top