އައްޑޫ ސިޓީގައި އޮޅު ދަނޑުތައް ގެންގުޅޭ ރައްޔިތުންގެ ތެރެއިން އޮޅު ދަނޑުތައް ދަފްތަރުކުރުމަށް ކުރިން ހުޅުވާލި މުއްދަތު އިތުރުކޮއްފި އެވެ.
މިގޮތުން އައްޑޫގެ އޮޅު ދަނޑުތައް ހައްދަމުންދާ ބިންތަކުގެ ދަފްތަރު އެކުލަވާލުމުގެ މަސައްކަތް ކުރުމަށްޓަކައި އައްޑޫ ކައުންސިލު ނަންބަރ (IUL)426-AB/426/2021/121 އިޢުލާނުން ފޯމު ހުށަހެޅުމަށް ދެންނެވިފައި ވާނެކަމަށާއި އިޢުލާނުން އޮޅު ދަނޑުތައް ދަފްތަރުކުރުމަށް ހުޅުވާލި މުއްދަތު ހަމަވެފައި ވީނަމަވެސް، މުއްދަތު އިތުރުކޮށް ދެއްވުމަށް ގިނަ ފަރާތްތަކަކުން އެދެމުންދާތީ، އޮޅު ދަނޑުތައް ދަފްތަރުކުރުމަށް ހުޅުވާލި މުއްދަތު 30 ޖޫން 2021 ގެ 14:00 ގެ ނިޔަލަށް އިތުރުކޮށް ދެވިފައިވާ ވާހަކަ ދިވެހިރާއްޖޭގެ ގެޒެޓްގައި ޝާއިއުކޮށްފައިވެއެވެ.
މި ތާރީޚުގެ ކުރިން އޮޅު ދަނޑުތައް ދަފްތަރު ކުރުމަށް އެދޭ ފޯމު އެއަވަށެއްގެ އަވަށު އޮފީހަށް ހުށަހެޅުއްވުމަށް ވަނީ އެދިފަ އެވެ.
އައްޑޫ ސިޓީ ކައުންސިލްގެ ވެބްސައިޓުން އޮޅު ދަނޑުތައް ދަފްތަރު ކުރުމަށް އެދޭ ފޯމު ލިބެން ހުންނާނެ އެވެ.






