Close

ފަރެސްމާތޮޑާ އެއާޕޯޓުގެ ފަޔާ ބިލްޑިންގެ މަސައްކަތް އެމްޓީސީސީން ފަަށައިފި

ގދފަރެސްމާތޮޑާ އެއާޕޯޓުގެ ފަޔާ ބިލްޑިން ހެދުމުގެ މަސައްކަތް ފަށާފައި ވާކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ވިދާޅުވެއްޖެ އެވެ.

އެމްޓީސީސީން ވިދާޅުވީ މި މަޝްރޫއުގެ ދަށުން މިހާރު ކުރިއަށް ދަނީ ޓާމިނަލް ގްރައުންޑުގެ ލެވެލިން މަސައްކަތްތައް ކަމަށެވެ.

މި މަޝްރޫއުގެ ދަށުން، 1200 މީޓަރުގެ ރަންވޭއެއް ހެދުމާއި، ޓެކްސީވޭ އަކާއި، އޭޕްރަނެއްގެ އިތުރުން ސާވިސް ރޯޑު އިމާރާތް ކުރުމުގެ މަސައްކަތް ކުރާނެއެވެ.

މި މަޝްރޫއަކީ  144.8 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.

ފަރެސްމާތޮޑާ އެއާޕޯޓަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގެ ދުވަސްވަރު ބިން ހިއްކުމުގެ މަސައްކަތް ފެށި އެއާޕޯޓެކެވެއެގޮތުން އެ އެއާޕޯޓްގެ ބިން ހިއްކުމުގެމަސައްކަތް އެންމެ ފުރަތަމަ ހަވާލުކުރީ ގަލްފް ކޮބްލާ ކުންފުންޏާ އެވެއެ މަސައްކަތް އެ ކުންފުންޏާ ހަވާލުކުރީ 2.5 މިލިއަން ޑޮލަރަށެވެ.

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top