ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާގުޅިގެން ރާއްޖޭގައި ތެލުގެ އަގުތަކަށް ބަދަލު ގެނެސްފި އެވެ.
ރާއްޖޭގައި ތެލުގެ ވިޔަފާރިކުރަމުން އަންނަ ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އިންވެސް ތެލުގެ އަގުތަކަށް ވަނީ ބަދަލު ގެނެސްފަ އެެެވެެ. އެގޮތުން 20 ޖޫން 2021 އިން ފެށިގެން އެ ކުންފުނީގެ ސަބްސިޑިއަރީ ކުންފުނި ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) ޝެޑުތަކުން ވިއްކާތެލުގެ އަގު އުފުލޭނެ ކަމަށް އެސްޓީއޯއިން ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ.
ތެލުގެ ވިޔަފާރިއަށް އައި މި ބޮޑު ބަދަލާއެކު މިހާރު ޑީސަލް ލީޓަރެއް ލިބޭނީ 10.72 ރުފިޔާއަށެވެ. އަދި ޕެޓްރޯލް ލީޓަރެއް ލިބޭނީ 9.74 ރުފިޔާ އަށެވެ. ވުމާއެކު ޑީސަލް ލީޓަރަކުން 0.93 ލާރި އަދި ޕެޓްރޯލް ލީޓަރަކުން 0.89 ލާރި އިތުރުވެގެެން ދާނެއެވެ.
ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު މައިގަނޑުގޮތެއްގައި އުފުލިގެން ގޮސްފައިވަނީ އިންޓަނޭޝަނަލް މާރކެޓް ތަކުން ތެޔޮ އުފައްދަ މިންވަރު މަދުކުރުމާއި ގުޅިގެން ނެވެ.






