ގދ. ތިނަދޫގައި އަޅާފައިވާ ފިޔަވަޅުތައް އިތުރަށް ވަރުގަދަކުރަން ނިންމައިފިއެވެ.
ގދ.ތިނަދޫގައި ސިއްހީ ގޮތުން ބަލަންޖެހޭ ކަންކަން ބެލުމަށް މޮނިޓަރިން އަށް ލާފައިވަނިކޮށް ކޮވިޑް 19 ގެ ހާލަތު ގޯސްވަމުންދާތީ 20 ޖޫން އިން ފެށިގެން 14 ދުވަހުގެ މުއްދަތަށް ސިއްހީ ރައްކާތެރިކަން ވަރުގަދަ ކުރުމަށް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އީއޯސީ) އަދި ކައުންސިލުން ނިންމާ އިއުލާންކޮށްފައިވެ އެވެ.
އެ އިއުލާނުގައި ބުނެފައިވާ ގޮތުން ކާފިއު ނޫން ވަގުތުތަކުގައި ބޭރަށް ނުކުމެ އުޅުން މަނާކޮށް ޒަރޫރީ ބޭނުމެއްގައި ނުކުންނަން ޖެހިއްޖެ ހާލަތެއްގައި އީއޯސީގެ ހުއްދަ އާއެކު ނުކުތުމަށް އެޗްޕީއޭ އިން އަންގާފައިވާ ގުޅިގެން ތިނަދޫގައި އަޅާފައިވާ ފިޔަވަޅުތަށް އިތުރުކުރުމަށް ނިންމާފައިވާކަމަށެވެ.
އެގޮތުން ކާފިއު ނޫންވަގުތުތަކުގައި ވިޔަފާރިކުރުމަށް ނުކުންނަން ޖެހިއްޖެނަމަ ޕޮލިހުންގެ ހުއްދައާއެކު ހާއްސަ ފާހެއް ވެސް ބޭނުން ވާނެކަމާއި ކޮންމެ ގޭބިސީއަކަށް ދޫކުރެވޭނީ 2 ފާސް ކަމުގައިވެސް އާންމުކޮށްފައެވެ.ފާސް ދޫކުރެވޭނީ ގޭބިސީ އެއްގެ ކަރަންޓް / ފެން މީޓަރު ބަލައިގެން ހަފްތާއެއްގެ މުއްދަތަށެވެ.
ސަރުކާރުގެ މުއްސަސާތަކާއި ކުންފުނިތަކުގެ އަދި އަމިއްލަ ކުންފުނިތަކުގެ ގެ ތެރެއިން މުވައްޒަފުން ކޮންމެހެން ހާޒިރު ވާން ޖެހޭ މުވައްޒަފުންގެ ތަފްސީލާ ޑިއުޓީ ގަޑިތައް އެނގޭނެ ގޮތައް ލިސްޓް ތައްޔާރުކޮށް ކައުންސިލް އަށް މެއިލް ކުރުމަށް ވަނީ އެދިފައެވެ.އަދި ގިނަ މުވައްޒަފުން ގޭގައި ތިބެގެން މަސައްކަތް ކުރާނެ އިންތިޒާމެއް ހަމަޖެއްސުމަށް ވަނީ އެދިފަ އެވެ.
ކެފޭ ރެސްޓޯރެންޓް ފަދަ ތަންތަނަށް ހަމައެކަނި ޑެލިވަރީ ކުރުމުގެ ހުއްދަ ދެވި ޑެލިވަރީ ކުރުމުގެ ވަގުތު ހެނދުނު 8:00އިން ރޭގަނޑު 22:00 އަށް ހަމަޖެއްސުމުގެ އިތުރުން ހަވީރު 4:00އިން ރޭގަނޑު 21:00އަށް ފިހާރަތަކުން ޑެލިވަރީގެ ހިދުމަތް ދެވޭނެ ގޮތް ވަނީ ހަމަޖެހިފައެވެ.ނަމަވެސް ފިހާރަ އަދި ރެސްޓޯރެންޓް ތަކުން ހެނދުނު 8:00 އިން ރޭގަނޑު 21:00 އަށް ވަކި އުސޫލެއްގެ މަތިން ހިދުމަތް ދެވޭނެ ކަމަށް ކައުންސިލުން އަންގާފައިވެއެވެ.
އެގޮތުން ތިނަދޫގައި އީއޯސީ އިން އިތުރަށް އާންމު ކޮށްފައިވާ އުސޫލު ތަކުގެ ތެރޭގައި ފަތިހު 5:30އިން 7:00އަށް ބޭރު ތެރޭގައި އެކަނި ކުރެވޭ ކަސްރަތު ކުރަން ދިއުން،މސްވެރިކަން ކުރަންދިއުމަށް ޕުލުހުންގެ ހުއްދައިގެ ދަށުން ދެވޭނެކަމާއި އަނބުރާ ރަށަށް އައުމުގެ ކުރިން ކައުންސިލުން ހުއްދަ ނަގަންޖެހޭނެކަން ވަނީ އަންގާފައެވެ.މީގެ އިތުރުންވެސް ތިނަދޫގައި ރައްޔިތުންގެ ރައްކާތެރިކަމަށް ވަނީ އިތުރުފިޔވަޅުތަކެއް އަޅައި ފަރުދީ ޒިންމާ އަދާކުރުމަށް އިލްތިމާސް ކޮށްފަ އެވެ.
ތިނަދޫގައި ކޮވިޑް 19 ގުޅިގެން ފިހާރަތަކާއި ހިދުމަތް ފޯރުކޮށްދޭން ހުއްދަ ދީފައިވާ ފަރާތްތަކުންއަމަލު ކުރަން ކަނޑައެޅިފައިވާ އުސޫލުތަކާއި ހިލާފުވާ ފަރާތްތަކާ ދޭތެރޭ އަޅާނެ ފިޔަވަޅުތަކެއްވަނީ ކައުންސިލުން ނިންމާފައެވެ.އޭގެ ތެރޭގައި ފުރަތަމަ ފަހަރަށް ހިލާފުވެއްޖެނަމަ ނަސޭހަތްދީ ދޫކޮށްލުން ،ދެވަނަ ފަހަރަށް 2000ރުފިޔާެިން ޖޫރިމަނާކުރުން ،ތިންވަނަ ފަހަރަށް ހިލާފުވެއްޖެނަމަ 24 ގަޑިއިރަށް ވިޔަފާރި ހުއްދަ ހިފެހެއްޓުމުގެ އިތުރުން މިކަންކަން ތަކުރާރު ކުރާނަން އިތުރަށް 7 ދުވަހުގެ މުއްދަތަށް ވިޔަފާރި ބަންދުކުރެވޭނެ ކަމަށް ކައުންސިލުން ވަނީ އަންގާފައެވެ.






