ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ކޮއްކޯފުޅު އަހުމަދު މުހައްމަދު ސޯލިހު ނިޔާވެއްޖެއެވެ.
އަހުމަދު ނިޔާވެފައިވަނީ ދުބާއީގައި ކެންސަރު ބައްޔަށް ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް ރޭގެ ވަގުތެއްގައެވެ. އުމުރުފުޅުން 55 އަހަރުގެ އަހުމަދު ސިއްޚީ ފަރުވާއަށް ދުބާއީއަށް ފުރާވަޑައިގެންފައިވަނީ މިދިޔަ އެޕްރީލް މަހުއެވެ.
ރައީސް ސޯލިހުގެ އާއިލާގައި 12 ބޭފުޅުން ތިއްބަވާއިރު، އޭގެތެރެއިން 4 ބޭފުޅުންނަކީ ލޯފަން ބޭފުޅުންނެވެ.
އޭގެތެރޭގައި ލޯފަން 3 ހާފިޒުން ތިއްބަވާއިރު، އަހްމަދުވެސް ހާފިޒުކަމުގެ ކޯސް ކުރިއަށް ގެންދަވަން ފެއްޓެވިއެވެ. ނަމަވެސް ސިއްހީ މައްސަލައާ ގުޅިގެން ވަކި ހިސާބަކުން ކޯސް ވަނީ މެދުކަނޑާލަން ޖެހިވަޑައިގެންފައެވެ.
އަހްމަދު ޖަނާޒާގެ ކަންކަން ހަމަޖެހިފައިވަނީ ދުބާއީގައެވެ. އެހެންކަމުން އަހުމަދު ގެ ޖަނާޒާގައި ބައިވެރިވުމަށްޓަކައި އާއިލާގެ ބައެއް ބޭފުޅުން މިއަދު ދުބާއީއަށް ވަޑައިގަންނަވާ ގޮތަށް ވަނީ ހަމަޖެހިފައެވެ.






