Close

ހުވަދު އަތޮޅުގައި ޤާއިމުކުރާ ޕީސީއާރް ލެބް ޤާއިމްކުރުމަށްޓަކައި، ކުރަންޖެހޭ މަސައްކަތްތައް ކޮށްްދޭނެ ފަރާތެއް ހޯދަނީ

ހުވަދު އަތޮޅުގައި ޤާއިމުކުރާ ޕީސީއާރް ލެބް ޤާއިމްކުރުމަށްޓަކައި، ކުރަންޖެހޭ މަސައްކަތްތައް ކޮށްްދޭނެ ފަރާތެއް ހޯދަން އިއުލާންކޮށްފި އެވެ.

ހުވަދު އަތޮޅުގައި ޤާއިމުކުރާ ޕީސީއާރް ލެބް ޤާއިމްކުރުމަށް ސަރުކާރުން ނިންމާފައިވަނީ ގދ ތިނަދޫގައި ހުންނަ ހުވަދު އަތޮޅުގެ މައި ހޮސްޕިޓަލް , ޑރ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގައި އެވެ. އަދި ޕީސީއާރް މެޝިން އެހޮސްޕިޓަލަށް ގެނެސް އަންނަ މަހުގެ ތެރޭގައި އޮޕަރޭޝަނަަށް ގެނައުމަށް އަންނަނީ މަސައްކަތް ކުރަމުންނެވެ. އެގޮތުން ޕީސީއާރް މެޝިން ބެހެއްޓުމަށްޓަކައި ވަކި ލެބެއް ޤާއިމުކުރަން ޖެހެއެވެ.

މިއާއި އެކު ޑރ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުން ގެޒެޓުކުރި އިއުލާނެއްގައި ބުނެފައިވާ ގޮތުގައި އެހޮސްޕިޓަލުން ދޭ ކުރެހުމާއި މައުލޫމާތާއި އެއްގޮތަށް ޕީ.ސީ.އާރު ލެބް ޤާއިމްކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތަށް ކޮށްދޭނެ ފަރާތެއް ވަނީ. ބޭނުންވެފައި އެވެ. މިމަސައްކަތަށް ބީލަން ހުށަހެޅުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ޑރ. އަބްދުއްޞަމަދު މެމޯރިއަލް ހޮސްޕިޓަލްގައި ރެޖިސްޓަރ ކުރުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފައި އެވެ.

ރަޖިސްޓްރީ ކުރިއަށް ދާނީ 20 ޖޫން 2021 އިން 24  ޖޫން 2021 ވާ ބުރާސްފަތި ދުވަހުގެ 13:30 އެހޮސްޕިޓަލްގެ އީމެއިލް އެޑްރެސް [email protected] އަށް ގެޒެޓްކުރެވިފައިވާ ރެޖިސްޓްރޭޝަން ޝީޓް ފުރުމަށްފަހު އީމެއިލް ކޮށް ނުވަތަ ޑރ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގެ އޮފީހަށް ވަޑައިގެންނެވެ. ރެޖިސްޓަރ ކުރައްވާފައިނުވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަތުމަށް ވަނީ ނިންމާފައި އެވެ.

މި މަސައްކަތަށް ޝައުގުވެރިވެ ލައްވާ ފަރާތްތަށް އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ  ޖޫން 19 ވަނަ ދުވަހުގެ ހެނދުނު 10:30 ގައި ޑރ. އަބދުއްޞަމަދު މެމޯރިއަލް ހޮސްޕިޓަލްގެ އޮފީސް އިމާރާތުގެ މީޓިންގ ރޫމް (1 ވަނަ ފަންގިފިލާ) އެވެ. އަންދާސީހިސާބު ހުށަހަޅުއްވާ ދުވަހުގެ 10:30 ގެ ފަހުން ހުށަހަޅުއްވާ އަންދާސީ ހިސާބާއި މަޢުލޫމާތު ފުރިހަމަނުވާ އަންދާސީ ހިސާބް ބާތިލްކުރެވޭނެއެވެ. އަދި އެއްވެސް ފަރާތެއްގެ ބަދަލުގައި ވަޑައިގަންނަވާނަމަ އެކަން އެނގޭނެ ލިޔުމެއް ހުށަހަޅަންވާނެ ކަމަށް އެހޮސްޕިޓަލުން މައުލޫމާތު ދެއެވެ.

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top