ރިސޯޓް މުވައްޒަފުންނަށް ތުނބުޅި ބެހެއްޓޭގޮތް ޤަވައިދު އިސްލާހުކުރުމަށް ދަޢުލަތުގެ ކަމާއިބެހޭ މުއައްސަސާ ތަކަށާއި ރައީސުލް ޖުމްހޫރިއްޔާއަށް ޕެޓީޝަނެއް ހުށަހެޅުމުގެ މަސައްކަތް ފަށައިފިއެވެ.
އެގޮތުން ކަމާއިބެހޭ ފަރާތްތަކުގެ ސަމާލުކަމަށް މިކަން ގެނެވުމަށްޓަކައި މިހާރު ވަނީ “ޗޭންޖްޑޮޓްއޯގް”ގައި ޕެޓިޝަނެއްގައި ސޮއިކުރުވުމުގެ މަސައްކަތް އަމަލީގޮތުން ފަށާފައެވެ.އެގޮތުން ފަނަރަ ސަތޭކަ މީހުންގެ ސޮއި ހޯދުމަށް ކުރާ މަސައްކަތުގައި ގިނަ އަދަދެއްގެ ބަޔަކު ދަނީ ސޮއި ކުރަމުންނެވެ.
"ތުންބުޅި ބެހެއްޓުމަކީ އިންސާނީ ހައްގެއް، މިހައްގައްވެސް ރިސޯޓް ތަކުގެ މެނޭޖްމަންޓް ވަނީ އަރައި ގަނެފަ, ތުނބުޅި ނުބެހެއްޓޭ ގޮތައް ރިސޯޓް ތަކުން ހަދާފަ ހުންނަ ގަވާއިދުގެ ސަބަބުން އެތަކެއް މުވައްޒަފުންގެ ހައްގުތަކެއް ވަނީ ގެއްލިފަ."މިޕެޓިޝަނާއި ގުޅިގެން ރިސޯޓް ވޯކާސް މޯލްޑިވުސްގެ ފަރާތުން ބުނެފައިވެއެވެ.






