Close

ގއ އަތޮޅު ކައުންސިލްގެ ނައިބު ރައީސަކަށް ހުސައިން ވާރިޝް އިންތިހާބުކޮށްފި

ގދ އަތޮޅު ކައުންސިލްގެ ނައިބު ރައީސަކަށް އެކައުންސިލްގެ މެމްބަރު ހުސައިން ވާރިޝް
އިންތިހާބުކޮށްފިއެވެ.

ވާރިޝް އެމަޤާމަށް އިންތިހާބު ކޮށްފައިވަނީ މިއަދު ހޯނޑެއްދޫގައި ކުރިޔަށް ދިޔަ އެކައުންސިލުގެ ބައްދަލުވުމުގައި އެވެ. ނައީބް ރައީސްކަމަށް ކުރިމަތި ލުމަށްފުރުސަތު ހުޅުވާލުމާއި އެކު އެމަޤާމަށް ކުރިމަތި ލެއްވީ ވާރިޝް އެކަންޏެވެ. އެގޮތުން ވާރިޝް މި މަޤާމަށް އިންތިހާބުވީ އެ ކައުންސިލްގެ ނުވަ މެމްބަރުންގެ ތާއީދާއި އެކުގައި އެވެ. ވާރިޝް އަކީ ގދ ހޯނޑެއްދޫ ކައުންސިލުގެ ރައީސް އެވެ. ލާމަރުކަޒީ ގާނޫނަށް މިފަހަރު އަލަށް ގެނައި ބަދަލާއި އެކު އަތޮޅު ކައުންސިލަށް އިންތިހާބު ކުރާނީހަމައެކަނި ރައީސް އެކެވެ. އަދި އަތޮޅު ކައުންސިލުގެ މެމްބަރުންނަށް ވާނީ އެއަތޮޅެއްގެ ކޮންމެ ރަށެއްގެވެސް ކައުންސިލް ރައީސް އެވެ.

ވާރިޝް އިންތިހާބު ވުމާއި އެކު ޕީޕީއެމްގެ މެޖޯރިޓީ އޮތް އަތޮޅު ކައުންސިލްގެ ނައީބް ރައީސްކަން
ލިބިފައިވަނީ އެމްޑީޕީއަށެވެ. އަތޮޅު ކައުންސިލްގެ ރައީސްނިސްބަތްވަނީ ޕީޕީއެމްއަށެވެ.

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top