Close

13 އަހަރުގެ ކުއްޖަކު ރަހީނުކޮށް މަރާލައިފި

13 އަހަރުގެ ކުއްޖަކު ރަހީނުކޮށް މަރާލާ އެއްލާލާފައި އޮއްވާ ފެނިއްޖެ އެވެ.

މޯލްޑިވްސް ޕޮލިސް ސަރވިސަސް އިން މިކަމާއި ގުޅިގެން ވިދާޅުވީ، 13 އަހަރުގެ ފިރިހެން ކުއްޖަކު ބަޔަކު ރަހީނު ކޮށްފައިވާކަމަށް ބެލެވޭ މައްސަލައެއް މިމަހުގެ 20 ވަނަ ދުވަހު ހުށަހަޅާފައިވާކަމަށެވެ.

މި މައްސަލަ އާ ގުޅިގެން ކުއްޖާ ހޯދުމަށް ކުރެވުނު މަސައްކަތުން، އެ ކުއްޖާ މަރާލާފައި އޮއްވާ ރޭ ދަންވަރު 02:38 އެހައިކަންހާއިރު ފެނިފައިވާކަމަށާއި މި މައްސަލައިގެ ތުހުމަތުގައި 17 އަހަރުގެ ދިވެހި ފިރިހެން ކުއްޖަކާއި 23 އަހަރުގެ ދިވެހި ފިރިހެނަކު ރޭ ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި މިކުއްޖާގެ ހަށިގަނޑު ފެނިފައިވަނީ ހުޅުމާލެ ފޭސް 2 ގެ މޫދުގެ ސަރަހައްދުން ފޮއްޓަކަށްލާފައި އޮއްވަ އެވެ.

މި މައްސަލަ ފުލުހުން ގެންދަނީ ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުޤީޤު ކުރަމުންނެވެ.

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top