Close

ގަމުން ދޫކޮށްފައިވާ ގޯތިތަކުގެ ވަގުތީ ރަޖިސްޓްރީ ދޫކުރަން ފަށައިފި

ލާމު ގަމުން ދޫކޮށްފައިވާ ގޯތިތަކުގެ ވަގުތީ ރަޖިސްޓްރީ އެ ރަށުގެ ކައުންސިލުން ދޫކުރަން ފަށައިފި އެވެ.

ލ.ގަން ކައުންސިލުން އިއްޔެ ނެރުނު އިއުލާނުގައި ބުނެފައިވަނީ އެ ރަށުން މިދިޔަ އަހަރުގެ ތެރޭގައި ދޫކޮށްފައިވާ ގޯތިތަކުގެ ވަގުތީ ރަޖިސްޓްރީ 21 ޖޫން އިން ފެށިގެން ދޫކުރުން ފަށާފައިވާ ކަމަށެވެ. އަދި ވަގުތީ ރަޖިސްޓްރީ އާއި ހަވާލުވުމަށް ކައުންސިލް އިދާރާއިން ގުޅަމުން ގެންދާނެ ކަމަށްވެސް އެ އިއުލާނުގައި ބުނެފައިވެ އެވެ.


މީގެ އިތުރުން ސަރުކާރުން ވަނީ "ގެދޮރުވެރިޔާ"ގެ ނަމުގައި 7 ލައްކަ ރުފިޔާއާއި ހަމައަށް ލޯނު ލިބޭ ސްކީމެއް ތައާރަފްކޮށްފަ އެވެ. އެގޮތުން ލޯނު ސްކީމްތަކުގައި ގޯތީގެ ރަޖިސްޓްރީއަކީ ހުށަހެޅުން ލާޒިމު ލިޔުމެއް ކަމުން ކައުންސިލުން ވަނީ ރައްޔިތުންނާ އެ މައުލޫމާތުތައް ހިއްސާކޮށްފަ އެވެ.

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top