Close

ކުޑަކުއްޖެއްގެ ފުރާނަ ދުއްވާލުމަކީ މުޅި ޤައުމު ކަރުނަ އަޅަންޖެހޭނެ ކަމެއް: ޖެންޑަރ މިނިސްޓަރު

ކުޑަކުއްޖެއްގެ ފުރާނަ ގަސްދުގައި ދުއްވާލުމަކީ މުޅި ޤައުމު ކަރުނަ އަޅަންޖެހޭ ވަރުގެ ކަމެއް ކަމަށް ޖެންޑަރ މިނިސްޓަރު އާއިޝަތް މުހައްމަދު ދީދީ ވިދާޅުވެއްޖެއެވެ.

13 އަހަރުގެ ކުއްޖަކު ރަހީނުކޮށް މަރާލި ހާދިސާ އާއި ގުޅިގެން މިނިސްޓަރު އާއިޝަތް މުހައްމަދު ދީދީ ކުރެއްވި ޓްވީޓްތަކއްގައި ވިދާޅުވެފައިވަނީ ލޯތްބާއި، އަޅާލުމާއެކު ރައްކާތެރިކަމުގައި ބޮޑުވުމުގެ ހައްގު ލިބިފައިވާ ކުޑަކުއްޖެއްގެ ފުރާނަ ގަސްދުގައި ދުއްވާލުމަކީ މުޅި ޤައުމު ކަރުނަ އަޅަންޖެހޭ ވަރުގެ ކަމެއް ކަމަށެވެ.

"މި ހިތާމަވެރި ދަނޑިވަޅުގައި ކުއްޖާގެ ޢާއިލާއަށް ތައުޒިޔާ ކިޔައި، ކުއްޖާގެ ފުރާނައަށް ރަޙްމަތް ލައްވައި ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރުކޮށްދެއްވުމަށް އެދޭ ޙާލު، ޢާއިލާއަށް ކެތްތެރިކަން ދެއްވުން އެދި މާތް ﷲ ގެ ހަޟްރަތުގައި ދުޢާ ދަންނަވަން." މިނިސްޓަރު އައިޝާ ދީދީގެ ޓްވީޓްގައިވެއެވެ.

މީގެ އިތުރުން މިނިސްޓަރު ވިދާޅުވީ ކުޑަކުދިންގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ސަރުކާރުން ކުރަމުން އަންނަ މަސައްކަތުގައި ކުރިމަތިވާ ގިނަ ގޮންޖެހުންތައް ނައްތާލުމަށްޓަކައި މުއައްސަސާތައް ގުޅިގެން ކުރެވޭ މަސައްކަތް މިހާރަށްވުރެ ބަދަހިވެ ވަރުގަދަވާން ޖެހޭ ކަމަށެވެ.

13 އަހަރުގެ ފިރިހެން ކުއްޖަކު ރަހީނުކޮށްފައިވާ ކަމަށް ބެލެވޭ މައްސަލައެއް މި މަހުގެ 20 ވަނަ ދުވަހު ފުލުހުންގެ އިދާރާ އަށް ހުށަހަޅާފައިވާއިރު އެ ކުއްޖާ މަރާލާފައި އޮށްވާ ފެނިފައިވަނީ ރޭ ހުޅުމާލެ ފޭސް 2 ގައި މޫދުން ފޮއްޓަކަށްލާފައި އޮތްވައެވެ.

މި މައްސަލައިގެ ތުހުމަތުގައި 17 އަހަރުގެ ދިވެހި ފިރިހެން ކުއްޖަކާއި، 27 އަހަރުގެ ދިވެހި ފިރިހެނެއް ރޭ ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން މައުލޫމާތުދެއެވެ.

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top