ރަށުތެރޭގެ އަމަން ބެލެހެއްޓުމުގެ ކަންކަން އިހުނަށްވުރެ ވަރުގަދަ ކުރަންޖެހޭ ކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ. މުހައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
ޑރ. ޝަހީމް މިހެން ވިދާޅުވެފައި ވަނީ، މާލޭގައި 13 އަހަރުގެ ކުޑަކުއްޖަކު ރަހީނުކޮށް، މަރާލާފައިވާ މައްސަލައާއި ގުޅިގެންނެވެ.
ޑރ. ޝަހީމް މިހެން ވިދާޅުވެފައިވަނީ މިކަމާއި ގުޅިގެން ކުރެއްވި ޓުވީޓެއްގައެވެ.
މިޓުވިޓުގައި ވިދާޅުވެފައިވަނީ، ޚާއްޞަކޮށް ރަށުތެރޭގެ އަމަން އޮމާންކަން ބެލެހެއްޓުމުގެ ކަންކަން ފުލުހުން މިހާރަށްވުރެ ވަރުގަދަ ކުރަންޖެހޭ ކަމަށާއި މިފަދަ އަނިޔާވެރި ޢަމަލުތައް ހިނގައިދިޔަ ނުދިނުމަށްޓަކައި އެންމެން އެކުގައި މަސައްކަތް ކުރަންޖެހޭ ކަމަށް ޑރ. ޝަހީމް ކޮށްފައިވާ ޓްވީޓްތަކެއްގައި ވިދާޅުވެފައިވެއެވެ.
އަދި މީގެ އިތުރުން މިފަދަ ޚަބަރުތަކުން ހިތްތަކަށް ހިތާމައާއި ބިރުވެރިކަން ވެރިވާކަމަށް ޑރ. ޝަހީމް ވިދާޅުވެފައިވެއެވެ.
ޙަޤީޤީ މާނައިގައި ޤައުމުގެ އިޖުތިމާޢީ މައްސަލަތައް ޙައްލުކުރަން އިޚުލާޞްތެރިކަމާއެކު ބަޔަކު މަސައްކަތް ކުރަންޖެހޭކަމަށާއި އެކަން ނުކޮށްފި ނަމަ ކުރިއަށް އޮތް ދުވަސްތަކުގައި ވަރަށް ގިނަ ގޮންޖެހުންތަކާ ޤައުމު ކުރިމަތިލާންޖެހިދާނެ ކަމުގައި ޑރ ޝަހީމް ވިދާޅުވެފައިވެއެވެ.







2 ކޮމެންޓް
ތިޔަ އަމަނެއް އެމްޑީޕީ އަކަށް ޕީޕީއެމް އަކަށް ޤާއިމެއް ނުކުރެވޭނެ. ތިކަން ކުރެވޭނީ ޢުމަރު ނަޞީރަށް. ޙައްލަކީ ހަމަ ޢުމަރު. ކެރޭނެ.ކުރާނެ.ތެދުވެރިވާނެ.ހިތްވަރު ހުންނާނެ.ބަހުގެ އިތުބާރު ހުންނާނެ.
އަމަން ގާއިމު ކުރަން ބޭނުންނަމަ ޢުމަރާއެކު ޝަހީމު ކުރިޔަށް ވަޑައިގަންނަވާ.