ގދ. ހޯނޑެއްދޫ އައު ބަނދަރު ހެދުމުގެ މަޝްރޫޢުގެ ދަށުން ހޯޑެއްދޫ ނެރު ފުންކުރުމުގެ މަސައްކަތް ފަށައިފި އެވެ.
ހޯޑެއްދޫ ކައުންސިލުން ބުނެފައިވާ ވަނީ އެރަށު އައު ބަނދަރު ހެދުމުގެ މަޝްރޫޢުގެ ދަށުން މިހާރު ބޭނުންކުރަމުންދާ ނެރު ފުންކޮށް އިތުރަށް ފުޅާކުރުމުގެ މަސައްކަތް މިއަދުން ފެށިގެން ކުރިއަށްދާތީ ދަތުރުވެރިން މިކަމަށް ހާއްސަ ސަމާލުކަމެއް ދީގެން ދަތުރުކުރުމަށް އިލްތިމާސްކުރާ ކަމަށެވެ.
އެގޮތުން ނެރު ފުންކުރުމާއި ފުޅާކުރުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ހޯނޑެއްދޫ ބަނދަރު ހެދުމުގެ މަޝްރޫއާއި ހަވާލުވެފައިވާ ހެވީ ފޯސް ޕްރައިވެޓް ލިމިޓެޑްގެ އެސްކަވޭޓަރު ބޭނުންކޮށްގެންކަމަށް ހޯނޑެއްދޫ ކައުންސިލުން ބުނެފައިވެއެވެ.
ހޯނޑެއްދޫ ހިބަރު ލޯންޗް ގެ ކެޕްޓަން ނިހާދު ވަހީދުގެ އެހީތެރިކަމާއިއެކު ބަނދަރުގެ ނެރުގެ ފުޅާމިން ބަނދަރުކޮމެޓީ އާއި ކައުންސިލް ގުޅިގެން ޗެކުކުރުމުގެ މަސައްކަތްވަނީ މި މަހުގެ 18 ވަނަ ދުވަހު ކުރިއަށް ގެންގޮސްފައެވެ.






