Close

ފިޔޯރީ ކައުންސިލަށް ލަފާދޭ ކޮމެޓީއެއް އެކުލަވާލުމަށް މެންބަރުން ހޯދަނީ

ގދ.ފިޔޯރީ ކައުންސިލަށް ލަފާދޭ ކޮމެޓީ އެއް އެކުލަވާލުމަށާއި ކޮމިޓީއަށް މެންބަރުން ހޯދުމަށް އެކައުންސިލުން އިއުލާންކޮއްފި އެވެ.

ފިޔޯރީ ކައުންސިލުންކުރި އިއުލާނުގައި ބުނެފައިވަނީ އެ ކައުންސިލާއި ސަރުކާރުގެ އިދާރާތަކުން ރަށުގެ ތަރައްޤީއަށް ރާވާ ހިންގުމަށް ހަމަޖެހިފައިވާ އެކިއެކި މަޝްރޫޢުތަކާއި އެހެނިހެން ޙަރަކާތްތައް ހިންގުމުގައި ރަށުގެ އާންމު އަދި މުއައްސަސާތަކުގެ މީހުންގެ ފަރާތުން ލަފާ ހޯދައިގެން މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ބޭނުންވާ ކަމަށެވެ.

ލަފާދޭ ކޮމިޓީއެއް އުފެއްދުމުގެ މަޤްޞަދަކީ ކައުންސިލާއި ސަރުކާރުގެ އިދާރާތަކުން ރަށުގެ ތަރައްޤީއަށް ރާވާ ހިންގުމަށް ހަމަޖެހިފައިވާ އެކިއެކި މަޝްރޫޢުތަކާއި އެހެނިހެން ޙަރަކާތްތައް ހިންގުމުގައި ރަށުގެ އާންމުންނާއި މުއައްސަސާތަކުގެ މީހުންގެ ފަރާތުން ލަފާ ހޯދައިގެން މަސައްކަތްތައް ކުރިއަށް ގެންދިއުން ކަމަށް ކައުންސިލްގެ އިއުލާނުގައި ބުނެފައިވެއެވެ.

އެގޮތުން ކޮމެޓީގެ މެމްބަރަކަށް ވުމަށްއެދޭ ފަރާތްތަކުން 2021 ޖޫން 30 ވަނަ ދުވަހުގެ އޮފީސް ބަންދުވުމުގެ ކުރިން އެކަން ބަޔާންކޮށް ކައުންސިލް އިދާރާއަށް ސިޓީއެއް ފޮނުވުމަށާއި އިތުރު މައުލޫމާތު ހޯދުމަށް 7730262އަށް ގުޅުމަށް ކައުންސިލްގެ އިއުލާނުގައި ބުނެފައިވެއެވެ.

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top