Close

ކާޑެއްދޫ އެއާޕޯޓުގެ މުވައްޒަފެއް ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ

ގދ. ކާޑެއްދޫ އެއާޕޯޓުގެ މުވައްޒަފެއް ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ކޮވިޑް-19 އަށް މުވައްޒަފު ޕޮޒިޓިވްވިކަން އިނގިފައިވަނީ ތިނަދޫއަށް އައި ފަހުން ނެގި ޕީސީއާރް ޓެސްޓަކުން ނެވެ. އެމުވައްޒަފު ޕޮޒިޓިވްވެފައިވަނީ މިމަހުގެ 22 ވަނަ ދުވަހު ނެގި ސާމްޕަލުގެ ނަތީޖާ އިންނެވެ.

ކާޑެއްދޫ އެއާޕޯޓްގެ މުވައްޒިފަކު ޕޮޒިޓިވްވުމާއި ގުޅިގެން ކާޑެއްދޫގެ ގިނަ މުވައްޒުފުންތަކެއް އުޅޭ މަޑަވެލި އަދި ހޯނޑެއްދޫއިން  ކާޑެއްދޫއަށް ކުރާ ދަތުރުތައް ހުއްޓާލަން ވަނީ އަންގާފައި އެވެ.

އެގޮތުން މަޑަވެލިން ނެރުނު އިއުލާނެއްގައި ބުނެފައިވާ ގޮތުގައި މާދަމާއިން ފެށިގެން އެރަށުން ކާޑެއްދޫއަށް އަދި ކާޑެއްދޫއިން އެރަށަށް ދަތުރުކުރުން މެދުކަނޑާލަން ވަނީ ނިންމާފައި އެވެ. އަދި ދަތުރުކުރާ ނަމަ ކައުންސިލްގެ ހާއްސަ ހުއްދައެއް ހޯދަން ޖެހޭ ގޮތަށް ވަނި ހަދާފައި އެވެ.

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top