Close

ނަފުރަތުގެ އަމަލު ބަޔާންކުރާ ބިލު އިތުރަށް ދިރާސާކުރުމަށް ދާންދޫ ކައުންސިލުން ގޮވާލައިފި

ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ޙުސައިން ހުށަހަޅުއްވާފައިވާ "ނަފްރަތުގެ އަމަލު" ބަޔާން ކުރާ ބިލު އިތުރަށް ދިރާސާ ކުރުމަށް ގއ. ދާންދޫ ކައުންސިލުން ގޮވާލައިފި އެވެ.

އެކައުންސިލުން މިހެން ގޮވާލާފައިވަނީ އެކައުންސިލްގެ ހުރިހާ މެންބަރުން ސޮއިކުރައްވާ ނެރުއްވި ނޫސް ބަޔާނެއްގައެވެ.

އެ ބަޔާނުގައި ބުނެފައިވަނީ، މިހާރު ޤާނޫނުލް އުގޫބާތަށް ހުށައެޅިފައިވާ ކަންކަން މިހާރު ހުށައެޅިފައިވާ ގޮތަށް ފާސްކުރުމަށް ދާންދޫ ކައުންސިލުން ދެކޮޅުހަދާކަމަށާއި މި ބިލް ކޮމިޓީ މަރުހަލާގައި ،އިސްލާމީ ދަންނަބޭކަލުންނާއި ރާއްޖޭގެ ފަތުވާ މަޖިލީހުގެ މަޝްވަރާ ހޯދައި އިސްލާމް ދީނާއި ދިވެހިރާއްޖޭގެ ޤާނޫނުއަސާސީ އާ ހިލާފުނުވާނެގޮތަށާއި އެހެނިހެން ޤާނޫނުތަކާއި ތައާރަޒުނުވާނެހެން މި ބިލް ފާސްކުރުމަށެވެ.

މި ރާއްޖޭގައި އޮންނަންވާނީ އިސްލާމީ ދިވެހި ދައުލަތެއް ކަމަށާއި އިސްލާމްދީނާ އެދީނުގެ ރިވެތި އުސޫލުތައް ނަގަހައްޓައި ދެމެހެއްޓުމަކީ މުޅި ދިވެހި ދައުލަތަށާއި އަދި ހުވައި ކުރައްވާ މަޤާމުތަކުގައި ތިއްބަވާ އެންމެހާ ބޭފުޅުންގެ ޤާނޫނީ ވާޖިބަކަށްވެ އޮންނައިރު ،މިކަންކަން ފޫއަޅުވާލާފާނެ ދޮރަކަށް މި ބިލް ނުހެދުމަށާއި އިސްލާމް ދީނަށް ފުރައްސާރަ ކުރާ މީހުނަށް ޖާގަ ދެވޭ ބިލަކަށް މި ބިލް ނުހެދުމަށްވަނީ ދާންދޫގެ ކައުންސިލުން ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ. އަދި މިހާރު އޮތްގޮތަށް އެ ބިލް ހުށައެޅުމުން އެކަން ވެގެން ގޮސްފައިވަނީ "ވަކި މަޤްސަދެއް ހާސިލްކުރުމަށް" ކުރެވޭ ކަމެއްކަމުގައި ބަލައިގަތުމުގެ ޖާގަ އޮތްކަމަށް ދާންދޫ ކައުންސިލުގެ ނޫސްބަޔާނުގައި އިތުރަށް ބުނެފައިވެއެވެ.

ދިވެހިރާއްޖެ އިން އިސްލާމް ދީނާ ގެއްލިނުދާނެފަދަ ހިކުމަތްތެރި ގޮތެއްގައި މި ބިލް އިސްލާހުކުރުމަށް ވެސް ދާންދޫ ކައުންސިލުން އަޑުހަރުކޮށް ގޮވާލާކަމަށް ބަޔާނުގައިވެއެވެ.

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

2 ކޮމެންޓް

  1. ހަމަހަމަ ކުރުމުގެ އުޞޫލުން އަންހެނުންނަށް ވެސް ބޯޓު ފަހަރުގަ ވަޒީފާ އަދާކުރެވޭ ގޮތް ހަމަޖައްސަވާ ދެއްވާ.

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top